twitterviber whatsapp telegramfacebookyoutube instagram
9th April 2026

ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ސްޕޯޓްސް މީޓް ބާއްވައިފި

Sep 28, 2012

ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 1، 2 އަދި 3 ގެ ދަރިވަރުންގެ ސްޕޯޓްސް މީޓް ބާއްވައިފި އެވެ.

މިއަދު ހެނދުނު 6 ޖެހިއިރު ތައުލީމީ މަރުކަޒުގެ ކުޅޭ ބިމުގައި ފެށުނު މި ސްޕޯޓްސް މީޓް ޝަރަފުވެރިކޮށްދެއްވީ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް ހަފީޒާ އަބްދުއްރަހްމާނެވެ.

38 އިވެންޓް ކުރިއަށްދިޔަ މި ސްޕޯޓްސްމީޓްގައި ހިމެނުނު ކުޅިވަރުތަކުގެ ތެރޭގައި ޝަޓަލް ރިލޭ، ހާރޑްލްސް، 50 މީޓަރ ދުވުން، ޓަނަލް ބޯލް، އޮބްސްޓިކަލްސް، ގޯނިރޭސް، ދަނޑިރޭސް، އަދި ބޯޅަ ހޮވުން ވެސް ހިމެނެއެވެ.

މި ސްޕޯޓްސް މީޓުގައި ވަނަވަނައަށް ދިޔަ ދަރިވަރުންނަށް މެޑަލްތައް ބައްސަވައިދެއްވީ މީޓްގެ ޝަރަފުވެރި މެހެމާނުގެ އިތުރުން ސްކޫލުގެ ބައެއް ލީޑިން ޓީޗަރުން އަދި ޕީޓީއޭގެ ހިންގާ ކޮމެޓީގެ މެމްބަރުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355