twitterviber whatsapp telegramfacebookyoutube instagram
9th April 2026

އަފީފުއްދީން ސްކޫލްގެ އޯޕަންޑޭ މިއަދު ބާއްވައިފި

Sep 29, 2012

.

ގިނަ އަހަރުތަކަކަށް ފަހު އަފީފުއްދީން ސްކޫލްގެ އޯޕަންޑޭ މިއަދު ބާއްވައިފި އެވެ.

މިއަދު ހެނދުނު 9 ޖެހިއިރު މައުރަޒެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ އޯޕަންޑޭ ފެށުނު ކަން އިއުލާން ކޮށްދެއްވީ ސްކޫލުގެ ލީޑިން ޓީޗަރ އަހުމަދު ހުސައިންނެވެ.

ގްރޭޑް 6 އިން މަތީގެ ދަރިވަރުންގެ އެކިއެކި މަސައްކަތްތައް ދައްކާލާ މި މައުރަޒުގައި ދަރިވަރުން ކްލާސްރޫމުގައި ކިޔަވާ ތަކެއްޗާއި ގުޅުންހުރި މައުލޫމާތާއި އެތަކެތީގެ އިތުރުން އެހެނިހެން މައުލޫމާތު ލިއްބައިދޭ ކުރެހުންތަކާއި މޮޑެލްތައްވެސް ގިނައަދަދަކަށް ހުރިކަން ފާހަގަކުރެވެއެވެ.

މިގޮތުން ރާއްޖޭގައި ކުރެވުނު ވެރިކަންތައް ބަދަލުވެގެންދިޔަ ގޮތްތަކާއި، ޡަޤާފީ ގޮތްތައް ދައްކުވައިދޭ ތަކެއްޗާއި އެކިއެކި މާއްދާތަކުގެ ކުއިޒްތަކާއި، ޕަޒުލް ވެސް ތަމްސީލް ކޮށްދީފައިވެއެވެ.

މައުރަޒުގައި މުނިފޫހިފިލުވުމުގެ ގޮތުން ބޮޑުބެރުގެ ހަރަކާތްތަކެއް ކުރިއަށް ގެންދިޔައިރު ދަރިވަރުންނަށް ލިބިފައިވާ މައުލޫމާތުތައް މައުރަޒަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހުށައަޅައިދީފައި ވެއެވެ.

މިއަދު ހަވީރު 4 ޖެހުމާއި ހަމައަށް ކުރިއަށްގެންދިޔަ މި މައުރަޒު ބައްލަވާ ލެއްވުމަށް ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އިބްރާހިމް ރަމީޒް ވަނީ ޒިޔާރަތް ކުރައްވާފައެވެ. އަދި ސްކޫލުތަކުގެ އެހެނިހެން ގްރޭޑްތަކުގެ ދަރިވަރުންނާއި، ރަށުގެ އެހެން ސްކޫލުތަކުގެ ދަރިވަރުންވެސް މި މައުރަޒަށް ޒިޔާރަތްކުރިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355