twitterviber whatsapp telegramfacebookyoutube instagram
9th April 2026

ހދ އަތޮޅު ތައުލީމީ މަރުކަޒުގެ އިންގްލިޝްޑޭ ފާހަގަކޮށްފި

Sep 29, 2012

.

ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އިންގްލިޝް ލިޓަރޭޗަރ އެސޯސިއޭޝަންގެ ފަރާތުން 2012 ވަނަ އަހަރުގެ އިންގްލިޝްޑޭ ފާހަގަކޮށްފިއެވެ.

މިއަދު ހެނދުނު 15 8 ގައި އެސްކޫލުގެ ހޯލުގައި މިކަމަށްޓަކައި އޮތް ޖަލްސާ ޝަރަފްވެރި ކޮށްދެއްވީ ޖަލާލުއްދީން ސްކޫލުގެ އެސިސްޓެންޓް ޕްރިންސިޕަލް އަލީ އިސްމާއީލެވެ.

މިޖަލްސާގައި ޢަލީ އިސްމާއިލް ދެއްކެވި ވާހަކައިގައި، އެކަކު އެކަކާއި މުވާސަލާތު ކުރުމަށް ބަސް ދަސްކުރުމުގެ މުހިއްމު ކަމުގެ މައްޗަށް އަލިއަޅުވާލިއެވެ. އަދި ބަހެއް ދަސްކުރުމަށްޓަކައި އެބަހެއް ލިޔެކިޔުމުގެ އިތުރުން ވާހަކަ ދައްކާ އަޑުއަހަން ވާނެ ކަމަށާއި، އެގޮތަށް ކުރިއަށް ދިއުމަށް ނަސޭހަތްތެރި ވިއެވެ. އަދި ކުރިއާ ޚިލާފަށް ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގައި މިހާރު އިނގިރޭސި ދަސްކުރަން މާގިނަ ފުރުސަތުތައް ހުރިކަން ފާހަގަ ކުރެއްވި އެވެ.

މިޖަލްސާގައި މިއަހަރު އިންގްލިޝް ލިޓަރޭޗަރ އެސޯސިއޭޝަނުން ހިންގާފައިވާ އެކި ހަރަކާތްތަކުން ވަނަތައް ހޯދާފައިވާ ދަރިވަރުންނަށް އިނާމްދިނުން އޮތެވެ. މިއިނާމްތައް ބައްސަވައި ދެއްވީ ޝަރަފްވެރި މެހެމާނެވެ.

ތަފާތު ޕްރޮގްރާމްތަކާއި ޑްރާމާ އައިޓަމް ތަކާއެކު ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ގިނައަދަދެއްގެ ދަރިވަރުންނާއި ބެލެނިވެރިން ވަނީ ބައިވެރި ވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355