twitterviber whatsapp telegramfacebookyoutube instagram
22nd May 2025
ADVERTISEMENT

އައި.ޕީ.އެސް ގެ ސްޕޯޓްސް މީޓް ބާއްވައިފި

Sep 30, 2012

އިރުމަތި އަވަށު ޕްރީ ސްކޫލްގެ ބޭބީ ނާސަރީ އަދި ނާސަރީ ދަރިވަރުންގެ ސްޕޯރޓްސް މީޓް ބާއްވައިފި އެވެ.

އިއްޔެ ހަވީރު އެ ސްކޫލްގެ ގޯތި ތެރޭގައި ކުރިއަށްދިއަ މި ސްޕޯރޓްސް މީޓްގައި އެސްކޫލްގެ ބޭބީ ނާސަރީ އަދި ނާސަރީ ގްރޭޑްގެ ދަރިވަރުން ވަނީ ބައިވެރިވެފައި އެވެ. ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އިބްރާހިމް ރަމީޒު ޝަރަފުވެރިކޮށްދެއްވި މިސްޕޯޓްސް މީޓްގެ މަޤްޞަދަކީ ދަރިވަރުންގެ ތަފާތު ހުނަރުތައް ދައްކާލުމުގެ ފުރުޞަތު ހޯދައިދީ ދަރިވަރުންގެ ކިބައިގައި ތަފާތު ހުނަރުތައް އަށަގެންނެވުމާއި ސްކޫލްގައި ބޭއްވޭ އެލް.ކޭ.ޖީ އަދި ޔޫ.ކޭޖީ ދަރިވަރުންގެ ސްޕޯރޓްސް މީޓަށް ތައްޔާރުކުރުން ކަމަށް އެ ސްކޫލްގެ ސްޕަވައިޒަރ ސަމީމާ ޙުސައިން މައުލޫމާތު ދެއްވިއެވެ.

މި ސްޕޯރޓްސް މީޓްގައި ކުރިއަށް ދިޔަ ކުޅިވަރު ތަކުގެ ތެރޭގައި ދުވުން، ބޯޅަ ހޮވުން، ގޮށް އެމުނުން، ބޮޑު ފައިވާނުގައި ހިނގުން، ބީން ބޭގްއުކުން، ބިއްލޫރި އޮށް ހޮވުން، މަތި ހޮވުން،  ބްލޮކްސް ހޮވުން އަދި ބަލީދީގައި ހޫޕް އެޅުވުން ފަދަ ކުޅިވަރުތައް ހިމެނޭކަމަށް އެ ސްކޫލުން މަޢުލޫމާތުދެއެވެ.

ސްޕޯޓްސް މީޓް ނިންމާ ނާސަރީ ދަރިވަރުންނަށް ސެޓްފިކެޓް ބައްސަވައިދެއްވީ ޝަރަފްވެރި މެހެމާނެވެ. އަދި ބޭބީ ނާސަރީ ދަރިވަރުންނަށް ސެޓްފިކެޓް ބައްސަވައިދެއްވީ ކުޅުދުއްފުށީ ކައުންސިލް މެމްބަރ އަބްދުއް ޝުކޫރުއަޙްމަދެވެ.

ވޭތުވެދިޔަ އަހަރު 79 ދަރިވަރުން ސްޕޯޓްސް މީޓްގައި ބައިވެރިވެފައިވާއިރު މިއަދަދު މިއަހަރު ވަނީ 115 އަށް އިތުރުވެފައެވެ.

ނަން
ކޮމެންޓް
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com