twitterviber whatsapp telegramfacebookyoutube instagram
9th April 2026

ޖާރނީގެ ގޮތްޕެއް ކުޅުދުއްފުށީގައި ހުޅުވަނީ

Sep 30, 2012

.

މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ޖާރނީގެ ގޮތްޕެއް ކުޅުދުއްފުށީގައި ހުޅުވުމަށް އެޖަމިއްޔާއިން ނިންމައިފި އެވެ.

ޖާރނީއިން މިކަން އިއުލާނުކޮށްފައިވަނީ ރޭ ކުޅުދުއްފުށީގައި ބޭއްވި ބައްދަލުވުމެއްގައި އެވެ. އެޖަމިއްޔާއިން ބުނީ މިއަހަރުގެ ޑިސެމްބަރ މަހުގެ ތެރޭގައި ކުޅުދުއްފުށީގައި އެޖަމިއްޔާގެ ގޮތްޕެއް ހުޅުވާނެ ކަމަށާއި އޭރުން ކުޅުދުއްފުއްޓާއި އެސަރަހައްދުގެ ރަށްރަށުގައި މަސްތުވާތަކެތި ބޭނުންކުރުން ހުއްޓާލަން ބޭނުންވެފައިވާ ވަރަށް ބޮޑު ބާރަކަށް އެކަން ވެގެންދާނެ ކަމަށެވެ.

ގައުމީ އިދާރާގެ ޖަލްސާކުރާ މާލަމުގައި ރޭ ބޭއްވި ބައްދަލުވުމުގައި އެޖަމިއްޔާގެ ފަރާތުން ވާހަކަ ދެއްކެވީ އާދިބެވެ. މިބައްދަލުވުމުގައި ޅަފުރާގެ ކުދިން މަސްތުވާތަކެއްޗަށް އަޅުދާސްތުވާ ސަބަބުތަކާއި، މަސްތުވާތަކެތި ބޭނުން ކުރަމީހުންގެ ކިބައިން ފެންނާނެ އަލާމާތް ތަކާއި،  އެތަކެތި ބޭނުން ކުރުމުން ދިރިއުޅުމަށް އަންނަ ބަދަލުތަކާއި އެކަމުން މިންޖުވާނެ ގޮތްތަކުގެ މައްޗަށް ވާހަކަ ދެއްކެވިއެވެ.

ރޭގެ ބައްދަލުވުމުގައި ފުލުހުންނާއި، ސްކޫލުތަކުގެ އިސްވެރިންނާއި، އެކިއެކި މުއައްސަސާތަކުގެ ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރި ވެފައެވެ. އަދި ބައިވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުންވެސް ކުރިއަށްދިޔަ އެވެ.

ޖާރނީއަކީ 2006 ވަނަ އަހަރު އުފެއްދި ޖަމިއްޔާއެކެވެ. މަސްތުވާތަކެއްޗާއި ދެކޮޅަށް އެޖަމިއްޔާއިން އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355