twitterviber whatsapp telegramfacebookyoutube instagram
5th December 2020

ކުޅުދުއްފުށީގައި ފަތަން ދަސްކޮށްދޭ މީހުން ތަމްރީން ކޮށްދޭ ޕްރޮގްރާމެއް ފަށަނީ

Oct 1, 2012

.

ސްވިމިންގ އެސޯސިއޭޝަންނާއި ކުޅުދުއްފުށީ ކައުންސިލް ގުޅިގެން ފަތަން ދަސްކޮށްދޭ އިންސްޓްރަކްޓަރުން ތަމްރީން ކޮށްދޭ ޕްރޮގްރާމެއް ފެށުމައް ނިންމައިފިއެވެ.

އޮކްޓޯބަރ މަހުގެ 4 ކުން 18 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮގްރާމުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ ސްރީލަންކާގެ އިންސްޓްރަކްޓަރެކެވެ. އިނގިރޭސި ބަހުން ލިޔަންކިޔަން ދަންނަ ފަރާތްތަކުގެ ތެރެއިން މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް މި ޕްރޮގްރާމުގައި ބައިވެރި ވުމުގެ ފުރުސަތު މިއަދުގެ ނިޔަލަށް ހަމަވާނެއެވެ.

މިނޫހަށް މައުލޫމާތު ދެއްވަމުން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ވިދާޅުވީ 30 ޖާގައިގެ މި ޕްރޮގްރާމްގެ ތިޔަރީ ސެޝަން ތައް ކުރިއަށް ދާނީ ޤައުމީ އިދާރާގެ ހޯލުގައި ކަމަށާއި، ޕްރެކްޓިކަލް ކުރިއަށް ގެންދާނެ ސަރަހައްދެއް ބަލަމުންދާކަމަށެވެ. އޮލިމްޕިކް ސޮލިޑޭޓަރީގެ އެހީގެ ދަށުން ހިންގޭ މި އިންޓަމީޑިއޭޓް ކޯޗިންގ ގައި އެހެނިހެން ރަށްރަށުން ބައިވެރިވާ ފަރާތްތަކަށް ކުޅުދުއްފުށީގައި ތިބެވޭނެ އިންތިޒާމް ސްވިމިން އެސޯސިއޭޝަނުން ހަމަޖައްސައިދޭނެއެވެ.

ކުޅުދުއްފުށީ ކައުންސިލުން ބަށި މުބާރާތަކާއި، ސްޕޯޓްސް އެޑްމިނިސްޓްރޭޝަން ކޯހަކާއި، ރެފްރީން ތަމްރީން ކުރާ ކޯހެއްވެސް މިހާރު ދަނީ ރާވަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355