twitterviber whatsapp telegramfacebookyoutube instagram
15th May 2025

އެސް އެފް އިންވެސްޓްމެންޓުން ކައްކަން ދަސްކޮށްދޭ ކޯހަކާއި، ދަނޑުވެރިކަމުގެ ކޯހެއް ފަށަނީ

Oct 1, 2012

.

އެސްއެފް އިންވެސްޓްމެންޓާއި ކްލަބު ސަމާ ގުޅިގެން ކައްކަން ދަސްކޮށްދޭ ކޯހަކާއި ދަނޑުވެރިކަމުގެ ކޯހެއް އަންނަ ނޮވެމްބަރ މަހު ފެށުމަށް ރާވަމުންދާކަމަށް އެސް އެފް އިންވެސްޓްމެންޓުން ހާމަކޮށްފިއެވެ.

ހއ. ހދ. އަދި ށ. އަތޮޅަށް އަމާޒުކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ މިދެ ކޯހުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ ކަމުގެ ތަޖުރިބާކާރު ބޭފުޅުން ކަމަށް އެސްއެފް އިން ހާމަކުރެއެވެ. މިގޮތުން ދަނޑުވެރިކަމާ ބެހޭ ކޯހުގައި ކިޔަވައިދޭނީ މުހައްމަދު ޔާސިރެވެ. އަދި މިކޯހުގެ ފީއެއްގެ ގޮތުން ކޮންމެ ބައިވެރިއެއްގެ އަތުން ނެގުމަށް ހަމަޖެހިފައިވަނީ 2000 ރުފިޔާއެވެ.

ކައްކާކޯހުގެ ފީއެއްގެ ގޮތުން 1700 ރުފިޔާ ހަމަޖެހިފައިވާއިރު މި ކޯހުގައި ކިޔަވައިދޭނީ ނާޒިމް އަބްދުލް ޤަފޫރު (ނާބެ) އެވެ. މިކޯހުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ ރެސްޓޯރެންޓް ރެސިޕީ އާއި ކުޑަކުދިންގެ ރެސިޕީތަކެވެ. މިގޮތުން “މެލަން ވިތު ވެޖް ރައިސް”، “ޓޮމް ޏަމް ޗިކަން ސޫޕް” ފަދަ ތަފާތު ޑިޝް ތައް ތައްޔާރުކުރަން ދަސްކޮށްދޭނެއެވެ.

ދިހަ ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މިދެކޯހުގައިވެސް 20 ޖާގަ ހިމެނޭއިރު ނަންނޯޓް ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. ކޯހުގެ ފީގެ އިތުރުން އެއްވެސް ޚަރަދެއް ބައިވެރިން ކުރަން ނުޖެހޭނެކަމަށް ވެސް އެސް އެފް އިން ހާމަކުރެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355