twitterviber whatsapp telegramfacebookyoutube instagram
28th October 2025

ޑރ. އަފްރާޝީމް ޢަލީއަށް ދިން ހަމަލާއަކީ އިސްލާމީ ޢިލްމުވެރިންނާ ދެކޮޅަށް ދީފައިވާ ހަމަލާއެއް: ކުޅުދުއްފުށީ ކައުންސިލް

Oct 2, 2012

.

ރޭގެ ވަގުތެއްގައި ރަހުމްކުޑަގޮތަކަށް އަވަހާރަކޮށްލާފައިވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަދި ދީނީ އިލްމުވެރިއެއްކަމަށްވާ ޑރ. އަފްރާޝީމަށް ދީފައިވާ ހަމަލާއަކީ އިސްލާމީ ޢިލްމުވެރިންނާ ދެކޮޅަށް ދީފައިވާ ހަމަލާއެއްކަމަށް ކުޅުދުއްފުށީ ކައުންސިލުން ބުނެފި އެވެ.

ކުޅުދުއްފުށީ ކައުންސިލުން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި  ބުނެފައިވަނީ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ހަބަރު ކުޅުދުއްފުށީ ރައްޔިތުން އެހީ ނުހަނު ފުންހިތާމައާއި އަސަރާއެކު ކަމަށެވެ. އަދި އެ އަނިޔާވެރި އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ކައުންސިލުގެ ނޫސްބަޔާނުގައި ބުނެފައި ވެއެވެ.

އިންސާނިއްޔަތާއި ހިލާފު އެމަލު ހިންގި ފަރާތްތައް ވީއެންމެ އަވަހަކަށް އިންސާފުގެ ކުރިމައްޗަށް ގެނައުމަށާއި އެކަންކުރި މީހުންނަށް އިސްލާމީ ޝަރީއަތުގައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށް ކުޅުދުއްފުށީ ކައުންސިލުންވަނީ ގޮވާލާފައި އެވެ.

ކައުންސިލުގެ ނޫސްބަޔާނުގައި އަފްރާޝީމްގެ އާއިލާއަށް ކުޅުދުއްފުށީ ރައްޔިތުންގެ ނަމުގައި ތައުޒިޔާ ދަންނަވާފައި ވެއެވެ. އަދި ގައުމީ ފުން ހިތާމައިގެ މިދަނޑިވަޅުގައި އެންމެ ގުޅިގެން މަސައްކަތްކުރުމަށް ގޮވާލާފައިވެއެވެ.

ޑރ. އަފްރާޝީމް އަވަހާރަކޮށްލުމުން ދައުލަތުގެ ގިނަ މުއައްސަސާތަކަކުން ވަނީ އެކަން ކުށްވެރިކޮށް ބަޔާން ނެރެފައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355