twitterviber whatsapp telegramfacebookyoutube instagram
15th May 2025

ކުޅުދުއްފުއްޓަށް މުޅިން އަލަށް ނާރުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއް އަންނަނީ

Oct 8, 2012

ކުޅުދުއްފުއްޓަށް މުޅިން އަލަށް ނާރުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއް ޒިޔާރަތް ކުރުމަށް ހަމަޖެހިއްޖެ އެވެ.

އެސްއެފް ކްލިނިކުގެ ފަރާތުން ހިންގާ މެޑިކަލް ކޭމްޕްތަކުގެ ތެރެއިން މިމަހުގެ 27 ން 28 ށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކޭމްޕަށް ނާރުގެ ޑޮކްޓަރެއްގެ އިތުރުން ގޭސްޓްރޮލޮޖިސްޓެއް ގެނައުމަށް ހަމަޖެހިފައިވާ ކަމަށް އެސްއެފް އިންވެސްޓްމަންޓްއިން މައުލޫމާތު ދެއެވެ.

އިންޑިޔާގެ ބެންގަލޫރުގެ ކޮލަމްބިއާ ހޮސްޕިޓަލްގެ ނިއުރޮލޮޖިސްޓް ޑރ. ގްރޫވް ޕްރަޝާދު ފަރުވާދިނުމަށް ހަމަޖެހިފައިވާ ބަލިތަކުގެ ތެރޭގައި ވާބަލި، އައްސިވުން، އިހުސާސްކެނޑުން، އަދި މައިގްރެއިން ފަދަ ޚާއްސަ ބަލިތައް ހިމެނެއެވެ.

އެސްއެފް އިން މައުލޫމާތު ދޭގޮތުގައި، ގޭސްޓްރޮލޮޖިސްޓް ޑރ ޖޯރޖް އެލެގްޒެންޑަރ ވެސް ވަނީ މި ދެ ދުވަހު ކްލިނިކްގައި ފަރުވާދިނުމަށް ހަމަޖެހިފައެވެ. ގޭސް މައްސަލަތަކާއި، ބަނޑުގައި ރިއްސުން އަދި ގޮހޮރުގެ ތަފާތު މައްސަލަތަކަށް ގޭހުގެ މި ޑޮކްޓަރު ފަރުވާދެއްވާނެ އެވެ.

އެޕޮއިންޓްމެންޓް ފީއެއްގެ ގޮތުން 550 ރުފިޔާ ހަމަޖެހިފައިވާ ވާއިރު، ނަން ނޯޓްކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ.

އެސްއެފް އިންވެސްޓްމަންޓްގެ ފަރާތުން އަންނަނީ ކުޅުދުއްފުށީގައި ވަރަށް ގިނައިން މެޑިކަލް ކޭމްޕްތައް ބާއްވަމުންނެވެ. އެފަރާތުން ހިންގާ ކްލިނިކްތަކަށް ގިނަބައެއްގެ ތަރުހީބު އަންނަނީ ލިބެމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355