twitterviber whatsapp telegramfacebookyoutube instagram
11th August 2026

ދުވަސްތަކަކަށްފަހު ހދ އޭއީސީ އަށް ޕްރިންސިޕަލަކު ހަމަޖައްސައިފި

Oct 10, 2012

ހދ އަތޮޅު ތައުލީމީ މަރުކަޒުގައި ޕްރިންސިޕަލަކު ނެތި ގިނަ ދުވަސްތަކެއް ވުމަށްފަހު އެ ސްކޫލަށް އާ ޕްރިންސިލެއް ހަމަޖައްސައިފި އެވެ.

ތިލަދުންމަތީގައި ހުރި އެންމެ ބޮޑު އަދި އެންމެ ދުވަސްވީ އެއް ސްކޫލް އަށް އަލަށް ގުޅުނު ޕްރިންސިޕަލް ޒިޔާދު ރަޝާދު ވިދާޅުވީ، އެ ސްކޫލާމެދު ވަރަށް ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާ ކަމަށެވެ.

“ސްކޫލާ ދޭތެރޭ އަޅުގަނޑު ވަރަށް ހިތްހަމަޖެހޭ. ހުރިހާ މުއައްޒަފުން ވެސް ވަރަށް އެކުވެރި.” ޅ. ހިންނަވަރަށް އުފަން ޒިޔާދު ރަޝާދު ވިދާޅުވި އެވެ.

ޒިޔާދު ވިދާޅުވީ އަހަރު ނިމުމާއި ދާދި ގާތްވެފައިވާއިރު، މިއަހަރު އިތުރު ކަންތައްތަކެއް ރާވާ ހިންގުމުގެ ފުރުޞަތު ހަނި ވެފައި ވީނަމަވެސް އަންނަ 2013 ވަނަ އަހަރު ގިނަ ކަންތައްތަކެއް ކުރުމަށް ވިސްނަވާފައިވާ ކަމަށެވެ.

އޭއީސީ ގައި މިހާރު ބޭނުން ކުރެވެމުންދާ ހޯލަކީ ތަނާއި އެކަށީގެން ނުވާ ހޯލެއްކަން ޒިޔާދު ވިދާޅުވި އެވެ. އަދި އިއްޔެ ރަށު ކައުންސިލަށް އެބޭފުޅާ ކުރެއްވި ޒިޔާރަތުގައި ސްކޫލުގެ އެކަމާމެދު މަޝްވަރާ ކުރެއްވި ކަމަށް ވިދާޅުވިއެވެ.

ޕްރިންސިޕަލެއް ނެތި ގާތްގަނޑަކަށް 3 މަސް ދުވަސް ހޭދަކޮށްފައިވާއިރު މި ސްކޫލުގައި މިހާރު ދަނީ 695 ދަރިވަރުން ތައުލީމް ހާސިލްކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355