twitterviber whatsapp telegramfacebookyoutube instagram
28th October 2025

އައިޕީއެސްގެ “ފަން ޑޭ” ފާހަގަކޮށްފި

Oct 12, 2012

.

ކުޅުދުއްފުށީ އިރުމަތި އަވަށު ޕްރީ ސްކޫލުގެ “ފަން ޑޭ” އިއްޔެ އެސްކޫލުގައި ފާހަގަކޮށްފި އެވެ.

އިރުމަތި އަވަށު ޕްރީ ސްކޫލް (އައިޕީއެސް)ގެ ޔޫކޭޖީ ދަރިވަރުންނަށް އަމާޒުކޮށްގެން އިއްޔެ ފަތިހު 5 ން ހަވީރު 5 ޖެހުމާއި ހަމައަށް ފަން ޑޭގެ ހަރަކާތްތައް ކުރިއަށް ގެންދިޔައިރު ގިނަ ހަރަކާތްތައް ބާއްވާފައިވަނީ އެސްކޫލުގެ ގޯތިތެރޭގައެވެ.

މިގޮތުން ސްކޫލު ހުންނަ ސަރަހައްދަކީ ބައެއް ފަރާތްތަކުން ކުނި އުކާލާ ސަރަހައްދަކަށް ވުމުން ދަރިވަރުން ނުކުމެ ވަނީ މިކަން ސަމާލުކަމަށް ގެނައުމަށް ބޯރޑް ތަކެއް ބަހައްޓާފައެވެ. މީގެ އިތުރުން އެމްއެންޑީއެފް އާއި ސްވިމިން އެސޯސިއޭޝަންއާއި ގުޅިގެން އިއްޔެ ހެނދުނު ދަރިވަރުން މޫދަށް ގެންގޮސްފައިވެއެވެ.

އަދި ހަމައެއާއެކު ޘަޤާފީ ހެދުމުގައި ފަރިއޮޅުލުމާއި ސްކޫލުގައި ހުންނަ “ފަންގެ” ހުޅުވުމުގެ ރަސްމިއްޔާތެއް އިއްޔެ ހަވީރު ވަނީ ބާއްވާފައެވެ. އަފީފުއްދީން ސްކޫލުގެ ޕްރިންސިޕަލް އާދަމް މޫސާ ޝަރަފްވެރި ކޮށްދެއްވި މިޖަލްސާގައި މިވަގުތު ރަށު ކައުންސިލް ހިންގެވުމާއި ހަވާލުވެ ހުންނެވި އަބްދުއްޝުކޫރުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

އިތުރު ފޮޓޯތައް ކުޅުދުއްފުށީ އޮންލައިން ފޭސްބުކް ޕޭޖްގައި

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355