twitterviber whatsapp telegramfacebookyoutube instagram
11th August 2026

ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިފެކްޓް ޑޭ ފާހަގަކޮށްފި

Oct 14, 2012

ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިފެކްޓް ޑޭ އިއްޔެ ފާހަގަކޮށްފި އެވެ.

މިދުވަސް ފާހަގަކުރުމުގެ މަޤްސަދަކީ ދަރިވަރުން ޕްރިފެކްޓް ޤަވާއިދުތަކަށް އަހުލުވެރިކޮށް، އެކުވެރި މަޖާ މާހައުލެއްގައި ވަގުތުތައް ހޭދަކުރުމުގެ ފުރުސަތު ދިނުންކަމަށް ސްކޫލުގެ ގްރެޖްއޭޓް ލީޑިން ޓީޗަރ އަބްދުލް ހަމީދު އަލީ ވިދާޅުވި އެވެ.

މިދުވަސް ކުރިއަށް ގެންގޮސްފައިވަނީ ދެ ދަންފަޅިއަކަށް ބަހާލައިގެންނެވެ. މިގޮތުން ގްރޭޑް 2، 3 އަދި 4 ގެ ޕްރިފެކްޓުންގެ ހަރަކާތްތައް ކުރިއަށް ދިޔައީ ހެނދުނު ދަންފަޅީގައެވެ. އަދި މެންދުރު ފަހު ގެންގޮސްފައިވަނީ ގްރޭޑް 5، 6 އަދި 7 ގެ ޕްރިފެކްޓުންގެ ހަރަކާތްތަކެވެ.

ގްރެޖްއޭޓް ލީޑިން ޓީޗަރ އަބްދުލް ހަމީދު އަލީ ވިދާޅުވީ އިއްޔެ ހެނދުނުގެ ވަގުތުތަކުގައި ކުރިއަށް ގެންގޮސްފައިވަނީ މަތީ ގްރޭޑްތަކުގެ ދަރިވަރުން ރާވާފައިވާ ހަރަކާތްތައް ކަމަށެވެ. އަދި ސްކޫލުން އިންތިޒާމްކުރި ކުޅިވަރުގެ ސެޝަންތަކާއި މަތީ ގްރޭޑްތަކުގެ ދަރިވަރުންނަށް އެމްއެންޑީއެފް ގެ ފަރާތުން ފަޔަރ އެންޑް ރެސްކިޔު އާއި ބެހޭގޮތުން މައުލޫމާތު ދީފައިވާ ކަމަށް ހަމީދު ވިދާޅުވި އެވެ.

މީގެ އިތުރުން ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުން ވަނީ ރޯޑް ސޭފްޓީ އާއި ބެހޭ ގޮތުން ދަރިވަރުންނަށް މައުލޫމާތު ދީފައި އެވެ.

އިއްޔެގެ މިހަރަކާތުގައި 103 ޕްރިފެކްޓުން ބައިވެރިވެފައިވާއިރު ބެލެނިވެރިންގެ އެހީތެރިކަމާއި އެއްބާރުލުން ވަރަށް ބޮޑަށް ލިބިފައިވާކަމަށް އެ ސްކޫލުން ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355