twitterviber whatsapp telegramfacebookyoutube instagram
2nd June 2026

ކެފޭތަކަށާއި ފިހާރަތަކަށް 24 ގަޑިއިރު ހިދުމަތްދިނުމަށް ދޫކޮށްފައިވާ ހުއްދަތައް ބާތިލް ކޮށްފި

Oct 14, 2012

ސައުވީސް ގަޑިއިރު ހުޅުވައިގެން ހިދުމަތްދޭ ވިޔަފާރިކުރާ ތަންތަނަށް ދޫކޮށްފައިވާ ހުއްދަތައް ވަގުތީ ގޮތުން ބާޠިލް ކޮށްފި އެވެ.

ޓްރޭޑް މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މާދަމާއިން ފެށިގެން އެފަދަ ތަންތަނަށް ދީފައިވާ ހުއްދަތައް ބާތިލްކޮށްފައިވާ ކަމަށެވެ. އަދި އިތުރު ފަރާތްތަކަށް ހުއްދަ ދޫކުރުންވެސް ހުއްޓާލާފައިވާ ކަމަށް އެމިނިސްޓްރީން ބުނެއެވެ.

ސައުވީސް ގަޑިއިރު ހިދުމަތްދޭ ތަންތަނަށް ދީފައިވާ ހުއްދަ ބާޠިލުކޮށްފައި މިވަނީ ގައުމުގެ ސަލާމަތަށާއި ރައްކާތެރިކަމަށް މިހާރުން މިހާރަށް އެޅުމަށް ސަރުކާރުން ކަނޑައަޅާފައިވާ ހާއްސަ ފިޔަވަޅެއްގެ ގޮތުންނެވެ.

މިގޮތަށް ނިންމުމާ ގުޅިގެން މިހާރު ހިދުމަތް ދެވޭނީ ފަތިހު 5:00 އާއި ރޭގަނޑު 11:00 އާދެމެދު އެވެ. އަދި ސައިހޮޓާ ފަދަ ތަންތަން މެންދަމު 1:00 ޖެހުމާ ހަމައަށެވެ. އެނޫން ގަޑިތަކުގައި އެފަދަ ވިޔަފާރިތައް ކުރުމަކީ މަނާކަމެއްކަމަށް ޓްރޭޑް މިނިސްޓްރީން މިއަދު ނެރުނު އިއުލާނުގައި ބުނެފައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355