twitterviber whatsapp telegramfacebookyoutube instagram
11th August 2026

39 ކިލޯ މީޓަރު މަތިން ފުންމާލައިގެން އެންމެ އުހުން ފުންމުމުގެ ރިކޯޑް އޮސްޓްރިއާގެ ފެލިކްސް ބޯމްގާނަރ މުގުރާލައިފި

Oct 15, 2012

.

39 ކިލޯ މީޓަރު ނުވަތަ 128000 ފޫޓު މަތިން ފުންމާލައިގެން އެންމެ އުހުން ފުންމުމުގެ ރިކޯޑް އޮސްޓްރިއާގެ ފެލިކްސް ބޯމްގާނަރ މުގުރާލައިފި އެވެ.

ބެލޫން ކެޕްސޫލެއްގައި މައްޗަށް އެރުމަށްފަހު ފެލިކްސް ފުންމާލި މަންޒަރު ވަނީ ދުނިޔޭގެ މަޝްހޫރު ހަބަރު ޗެނަލްތަކުން ވަގުތުން ގެނެސްދީފައެވެ. އޭނާ 39 ކިލޯ މީޓަރު އުހުން ފުންމާލުމުން ބިމާހަމައަށް ފޯރުމަށް ނަގާފައިވަނީ 4 މިނެޓާއި 19 ސިކުންތެވެ. އެއީ ގަޑިއަކު 1137 ކިލޯ މީޓަރުގެ ބާރު މިނުގައެވެ.

ފެލިކްސް ބިމާ ކައިރިވުމުން މަޝްހޫރު އެނާޖީ ޑްރިންކް ރެޑްބުލްގެ ސްޕޮންސަރ ޖަހާފައިވާ ވައިކުޑަ ހުޅުވާލައި ބިމަށް ތިރިކުރިއިރު ސަލާމަތީ ހެލިކޮޕްޓަރުތައް އެސަރަހައްދުގައި ވަނީ ހަރަކާތްތެރި ވެފައެވެ. ފެލިކްސް މުގުރާލައިފައި މިވަނީ މީގެ 50 އަހަރު ކުރިން ކޯލް ކިޓިންގަރ ހަދާފައިވާ ރިކޯޑެކެވެ. އޭނާ ފުންމާފައިވަނީ 31.3 ކިލޯ މީޓަރު އުހުންނެވެ. ކޯލް އަކީ ފެލިކްސްއަށް ލަފާދޭ ޓީމުގައި މިހާރު ހަރަކާތްތެރިވާ މީހެކެވެ.

43 އަހަރުގެ ފެލިކްސް ވަނީ އޭނާގެ ކެރިއާގައި 2500 ފުންމުން ފުންމާފައެވެ. މަތިން ފުންމުމުގެ ރިކޯޑް މުގުރުމަކީ އެކަމުގެ ތެރޭގައި ސްޓަންޓް ހަދާ ބައެއް މީހުން މަރުވެފައިވާ ކަމެކެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355