twitterviber whatsapp telegramfacebookyoutube instagram
25th April 2024

އަފީފުއްދީން ސްކޫލުގެ ދަރިވަރުން ކުޅުދުއްފުށީގެ އެކި މުއައްސަސާތަކަށް ޒިޔާރަތްކޮށްފި

Oct 16, 2012

.

އަފީފުއްދީން ސްކޫލުގެ ދަރިވަރުން ކުޅުދުއްފުށީގެ އެކި މުއައްސަސާތަކަށް ޒިޔާރަތް އެތަންތަނާއި ބެހޭ މަޢުލޫމާތު ހޯދައިފިއެވެ.

އަފީފުއްދީން ސްކޫލުގެ ގްރޭޑް 2 އަދި 3 ގެ ދަރިވަރުންގެ “ފަންޑޭ” ފާހަގަ ކުރުމުގެ ގޮތުން މިއަދު ބޭއްވި ޕްރޮގްރާމުތަކުގެ ތެރެއިން މިއަދު ހެނދުނު އެ ސްކޫލުގެ ދަރިވަރުން ވަނީ ބައެއް މުއައްސަސާތަކަށް ޒިޔާރަތްކޮށް އެތަންތަނާ ބެހޭ މައުލޫމާތު ހޯދާ ލުއިފޮތް ތައްޔާރުކުރުމުގެ މަސައްކަތް ކޮށްފައެވެ. މިގޮތުން އެމް.އެން.ޑީ.އެފް އަށާއި، ޕޮލިސް ސްޓޭޝަނަށާއި، ސްޓެލްކޯއަށާއި ޕޯޓްސް ލިމިޓެޑަށާއި ކަސްޓަމްސް އަށް ޒިޔާރަތް ކޮށް އަމަލީ ތަޖުރިބާ ހޯދާފައެވެ.

އަދި މެންދުރުފަހުގެ ދަންފަޅީގައި ގްރޭޑް 2 ގެ ދަރިވަރުން ކަރުދާހުން މޮޑެލް ހެދުން ކުރިއަށް ގެންދިޔައިރު 3 ގެ ދަރިވަރުން ވަނީ ފަނުން ތަކެތި ހަދާފައެވެ. ހަވީރުގެ ސައި ތައްޔާރު ތައްޔާރު ކޮށްފައި ވަނީ ދަރިވަރުން އަމިއްލައަށެވެ. އަދި މީގެއިތުރުން ކުޅިވަރުގެ ހަރަކާތްތަކެއް ވެސް ވަނީ ކުރިއަށް ގެސްފައިއެވެ.

އަފީފުއްދީން ސްކޫލުގެ ގްރެޖްއޭޓް ލީޑިން ޓީޗަރު އާބިދާ އާދަމް ކުޅުދުއްފުށި އޮންލައިން އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، މިއަދު ހެނދުނު ފެށުނު މި ދުވަހުގެ މައިގަނޑު މަޤްސަދަކީ ކިޔެވުމުގެ މާހައުލުގައި ނުކުރެވޭ ކަންތައްތައްދަރިވަރުން ލައްވާ ކުރުވުމާއި، އަމިއްލަ ތަޖުރިބާ ހޯދަންދަސްކޮށްދިނުމާއި، އެހެން ކުދިންނާއި ގުޅިގެން އުޅެން ދަސްކޮށްދިނުން ކަމަށެވެ.

ގްރޭޑް ދެޔެއް އަދި ތިނެއްގެ 91 ދަރިވަރުންނާއެކު ހަވީރު ވަންދެން ކުރިއަށް ގެންދިޔަ މިހަރަކާތަށް ބެލެނިވެރިންނާއި މުއައްސަސާ ތަކުގެ އެއްބާރުލުން ލިބިގެން ދިޔަކަން އަފީފުއްދީން ސްކޫލުން ފާހަގަ ކުރިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355