twitterviber whatsapp telegramfacebookyoutube instagram
27th September 2026

2014 ވަނަ އަހަރު ބޯހިމެނުމަށް ސަރުކާރުން ނިންމައިފި

Oct 16, 2012

.

ދިވެހިރާއްޖޭގެ އާބާދީއާއި ދިރިއުޅޭ ތަންތަނުގެ ބޯހިމެނުން 2014 ވަނަ އަހަރު ބޭއްވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމައިފި އެވެ.

މިއަދު އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، މިގޮތަށް ނިންމީ ރާއްޖޭގައި ބޯހިމެނުމެއް ބޭއްވިފައި ނުވާތާ ގިނަ ދުވަސްތަކެއްވެފައި ވުމާއެކު، ބޯހިމެނުމުގެ މުހިންމުކަމުގެ މައްޗަށް ވަޒީރުން ވާހަކަ ދެއްކެވުމަށްފަހުގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ 2014 ވަނަ އަހަރު ބޯހިމެނުން ބާއްވާއިރު، ބޯހިމެނުމުގެ ކަންތައްތައް މައިގަނޑު ގޮތެއްގައި ގެންދާނެ އުޞޫލުތަކާ ބެހޭގޮތުން މިއަދުގެ ޖަލްސާގައި ވަޒީރުން މަޝްވަރާ ކުރެއްވި ކަމަށެވެ.

1985  ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ބޯހިމަނަމުން ގެންގޮސްފައިވަނީ، 5 އަހަރުން 1 އަހަރުއެވެ. 2006 ވަނަ އަހަރުގެ ފަހުން ރާއްޖޭގައި ބޯހިމަނާފައެއް ނުވެއެވެ.

ފޮޓޯ: ހަވީރު  

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293