twitterviber whatsapp telegramfacebookyoutube instagram
12th May 2025

މޫދަށް އެރެވޭނެ ސަރަހައްދެއް ޤާއިމް ކޮށްދެއްވުމަށް ކައުންސިލްގެ ރައީސް ސްވިމިންގ އެސޯސިއޭޝަންގެ ރައީސްގެ އަރިހުން އެދިވަޑައިގެންފި

Oct 19, 2012

.

ކުޅުދުއްފުށީގައި މޫދަށް އެރެވޭނެ ޚާއްސަ ސަރަހައްދެއް ޤާއިމް ކޮށްދެއްވުމަށް ކައުންސިލްގެ ރައީސް ސްވިމިންގ އެސޯސިއޭޝަންގެ ރައީސްގެ އަރިހުން އެދިވަޑައިގެންފިއެވެ.

ކައުންސިލްގެ ރައީސް އިބްރާހިމް ރަމީޒް މިކަމަށް އެދިވަޑައިގަތީ ސްވިމިން އެސޯސިއޭޝަނުން މިމަހުގެ 4 އިން 18 ގެ ނިޔަލަށް ބޭއްވި ފަތަން ދަސްކޮށްދޭ އިންސްޓްރަކްޓަރުން ތަމްރީން ކުރާ ކޯސް ނިންމުމަށް ރޭ ޤައުމީ އިދާރާގެ ހޯލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މިރަސްމިއްޔާތުގައި ސްވިމިންގ އެސޯސިއޭޝަންގެ ރައީސް މުހައްމަދު ކަލީމް ދެއްކެވި ވާހަކާގައި މި ޕްރޮގްރާމުން ބައިވެރިންނަށް ދަސްވި ބައިތައް އެހެން ފަރާތްތަކަށް ފޯރުކޮށްދެއްވުމަށް ނަސޭހަތްތެރިވި އެވެ.

ރޭގެ މިރަސްމިއްޔާތުގައި ބައިވެރިންނަށް ސެޓްފިކެޓް ބައްސަވާދެއްވީ ސްވިމިންގ އެސޯސިއޭޝަންގެ ރައީސް އެވެ. މިތަމްރީން ޕްރޮގްރާމް ނިންމި 19 ބައިވެރިއަކު ވަނީ މިރޭ ސެޓްފިކެޓް ހާސިލްކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355