twitterviber whatsapp telegramfacebookyoutube instagram
9th April 2026

ކުޅުދުއްފުށީ އިންޖީނުގެއިން ކަރަންޓް ކޭބަލެއް ވަގަށްނެގި ދެމީހެއްގެ މައްސަލަ ޕީޖީއަށް ފޮނުވައިފި

Oct 19, 2012

.

ކުޅުދުއްފުށީ އިންޖީނުގެ އިން ކަރަންޓް ކޭބަލެއް ވަގަށް ނެގި މައްސަލައެއްގައި ހިމެނޭ ދެ މީހެއްގެ މައްސަލައިގެ ތަޙުޤީޤު ފުލުސް އޮފީހުން ނިންމައި ދަޢުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވައިފި އެވެ.

މިއަހަރުގެ ޖުލައި 26 ވަނަ ދުވަހު އިންޖީނުގެއިން އިލެކްޓްރިކް ކޭބަލެއް ވަގަށް ނެގި ކަމުގެ ތުޙުމަތުގައި މި އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހު ދަޢުވާ ކޮށް ދިނުމަށް އެދި ފުލުހުން ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވާފައިވަނީ ހދ.ކުޅުދުއްފުށި، ތޫރި، އިބްރާހީމް މުޙައްމަދު އާއި ކ.މާލެ، މ.ރަނިކަ، އާޝިޔާ ޙަލީމް ގެމައްޗަށެވެ.

40 ފޫޓުގެ 04 ކޯރ ގެ ކަރަންޓް ކޭބަލެއް އެދެމީހުން އިންޖީނުގެ އިން ވަގަށް ނަގާފައިވާކަމަށް ރިޕޯޓް ކޮށްފައިވަނީ ޖުލައި 26 ވަނަ ދުވަހުގެ އިރާކޮޅުގެ ވަގުތެއްގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355