twitterviber whatsapp telegramfacebookyoutube instagram
9th April 2026

ބޭންކް އޮފް މޯލްޑިވްސްގެ ޓްވިޓަރ އެކައުންޓް ތައާރަފު ކޮށްފި

Oct 21, 2012

.

ބޭންކް އޮފް މޯލްޑިވްސްގެ ޓްވިޓަރ އެކައުންޓް ތައާރަފް ކޮށްފިއެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ހެޑްއޮފީހުގައި ބުރާސްފަތި ދުވަހު އޮތް ރަސްމިއްޔާތެއްގައި، ބޭންކްގެ ޕްރައޯރިޓީ ކަސްޓަމަރ އަދި ސޮނީ ހާޑްވެއަރގެ މެނޭޖިންގ ޑިރެކްޓަރ މޫސާ ކަލީމް ތައާރަފް ކޮށްދެއްވި ބޭންކުގެ ޓްވިޓަރ އެކައުންޓަކީ  bankofmaldives  އެވެ.

ބޭންކް އޮފް މޯލްޑިވްސް އިން މަޢުލޫމާތު ދޭގޮތުގައި ޓްވިޓަރ އެކައުންޓް ތައާރަފް ކުރުމުގެ މަގްސަދަކީ ސޯޝަލް މީޑިޔާ މެދުވެރިކޮށް މައުލޫމާތު ހިއްސާކޮށް، ބޭންކުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތްކުރުމުގެ އިތުރުން ކަސްޓަމަރުންގެ ޚިޔާލުހޯދައި ކަސްޓަމަރުން ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުން ކަމަށެވެ.

ޓްވިޓަރ އެކައުންޓްގެ އިތުރުން މިދިޔަ އޮގަސްޓްމަހު ވަނީ ބޭންކް އޮފް މޯލްޑިވްސްގެ ރަސްމީ ފޭސްބުކް ޕޭޖްވެސް ތައާރަފް ކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355