twitterviber whatsapp telegramfacebookyoutube instagram
12th May 2025

ވައިކަރަދޫ ކޯޓު އިމާރާތްކުރުމުގެ މަސައްކަތް އަލިހަވާސާ ކޮންސްޓްރަކްޝަނާ ހަވާލުކޮށްފި

Oct 23, 2012

.

ހދ ވައިކަރަދޫ މެޖިސްޓްރޭޓް ކޯޓުގެ އިމާރާތް ކުރުމުގެ މަސައްކަތް އަލިހަވާސާ ކޮންސްޓްރަކްޝަން އެންޑް ކާޕެންޓްރީ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި އެވެ.

މިއަދު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގައި މިއެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އަލިހަވާސާ ކޮންސްޓްރަކްޝަންގެ މެނޭޖިންގ ޑިރެކްޓަރ އަދުނާނު ހަލީމެވެ. ޑިޕާޓްމަންޓްގެ ފަރާތުން ސޮއިކުރެއްވީ އެ ޑިޕާޓްމަންޓްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އަބްދުﷲ ރަޝީދެވެ.

300 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް ހަވާލުކުރި މި މަސައްކަތުގެ ޖުމްލަ އަގަކީ 3867745.85 ރުފިޔާ ކަމަށް އޮފީސް އޮފް ޕްރޮގްރާމް އެންޑް ޕްރޮޖެކްޓް (އޯޕީޕީ) އިން ބުންޏެވެ. މިމަޝްރޫއަށް ކޮންސަލްޓެންސީ ދެނީވެސް އޯޕީޕީ އިންކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355