.
އަމީރު އަމީން ސްކޫލުގެ ޔޫކޭޖީ ދަރިވަރުންގެ ގްރެޖްއޭޝަން ސެރަމަނީ އިއްޔެ ބާއްވައިފިއެވެ.
އިއްޔެ ހެނދުނު ތިލަދެކުނު ސިނަމާގައި އޮތް މިރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ މަތިއުތުރު ސަރަހައްދުގެ އެޑިއުކޭޝަން ޔުނިޓް ހިންގުމާއި ހަވާލުވެވަޑައިގެން ހުންނެވި ޓީޗަރ އެޑިއުކޭޓަރ އަބްދުއްރަޝީދު ސައީދެވެ.
މިރަސްމިއްޔާތުގައ ި އެކި ކްލާސްތަކުގެ ދަރިވަރުންނަށް ސެޓްފިކެޓާއި ޝޭޝް ހަވާލުކޮށްދެއްވީ ޖަލްސާއަށް ހާޒިރުވެ ވަޑައިގެންނެވި އެކި އެކި އިއްޒަތްތެރިންނެވެ. މިގޮތުން ޔޫކޭޖީ 1ގެ ރަރިވަރުންނަށް ސެޓްފިކެޓާއި ޝޭޝް ހަވާލުކޮށްދެއްވީ މި ހަފްލާގެ ޝަރަފްވެރި މެހެމާނެވެ. އަދި ޔޫކޭޖީ 2ގެ ރަރިވަރުންނަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ލެކްޗަރަރ އަލީ މުފީދު ހަވާލުކޮށްދެއްވާފައިވާއިރު ޔޫކޭޖީ 3ގެ ރަރިވަރުންނަށ ް ސެޓްފިކެޓާއި ޝޭޝް ހަވާލުކޮށްދެއްވަފައިވަނީ ޔުނިވަރސިޓީގެ ލެކްޗަރަރ މުހައްމަދު ހުސައިންނެވެ. އަދި ޔޫކޭޖީ 4ގެ ރަރިވަރުންނަށް ޝޭޝް އަދި ސެޓްފިކެޓް އޭއީސީގެ ޕްރިންސިޕަލް ޒިޔާދު ރަޝާދު ހަވާލު ކޮށްދެއްވާފައިވާއިރު ޔޫކޭޖީ 5ގެ ރަރިވަރުންނަށް ސެޓްފިކެޓާއި ޝޭޝް ހަވާލުކޮށްދެއްވީ ޖަލާލުއްދީން ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް އަލީ އިސްމާއީލެވެ.
މިހަފްލާގައި 2012 ވަނަ އަހަރު ސްކޫލު ހިނގާދިޔަގޮތުގެ ރިޕޯޓް އިއްވާދެއްވީ ސްކޫލުގެ އެޑްމިނިސްޓްރޭޓަރ އާއިޝަތު މުހައްމަދެވެ. އަހަރީ ރިޕޯޓްގައި މި އަހަރަކީ ސްކޫލަށް އެންމެ ގިނަ ހަރުމުދާ ލިބުނު އަހަރުކަމުގައި ވަނީ ފާހަގަކޮށްފައެވެ. އަދި ސްކޫލަށް ލިބިފައިވާ ފައިސާގެ އަަދަދުތަކާއި ކޮށްފައިވާ ޚަރަދުތައްވެސް ވަނީ ހުށައަޅާދީފައެވެ. މިރަސްމިއްޔާތުގައި ޝަރަފްވެރި މެހެމާނު ދެއްކެވި ވާހަކާގައި ދަރިވަރުގެ އުމުރުގެ ވަކި ހިސާބަކުން އެ ދަރިވަރު ދޫކޮށްނުލުމަށް ބެލެނިވެރިންނަށް ނަސޭހަތްތެރިވެލެއްވިއެވެ.
މިހަފްލާގައި މުދައްރިސުންގެ އަގު ވަޒަންކޮށް ވަނީ ހަދިޔާއެއް ދީފައެވެ. އަދި ބެލެނިވެރިންގެ ފަރާތުން ސްކޫލަށް ހަނދާނީ ފިލައެއްވެސް ވަނީ އަރުވާފައެވެ.
ދަރިވަރުންގެ ލަވައެއް ހުށައަޅައިދިން މިރަސްމިއްޔާތުގައި ވަނީ މިއަހަރު ޔޫކޭޖީ ނިންމި 122ދަރިވަރުން ދަސްވެނިވެފައެވެ. އޭގެ ތެރެއިން 90އިންސައްތަ ދަރިވަރުންނަކީ ދިވެހިބަހުން ލިޔަންކިޔަން ދަންނަ ދަރިވަރުންނެވެ. އަދި 60 އިންސައްތަ ދަރިވަރުންނަކީ އިނގިރޭސިބަހުން ލިޔަން ކިޔަން ދަސްވެފައިވާ ދަރިވަރުންނެވެ.