twitterviber whatsapp telegramfacebookyoutube instagram
21st May 2025
ADVERTISEMENT

ވެހެމުންދިޔަ ބޯވާރޭގެ ތެރެއިން ހަރުބީ އަށް ކުޅުދުއްފުށިން ހޫނު މަރުހަބާއެއް ކިޔައިފި

Oct 28, 2012

.

ވެހެމުންދިޔަ ބޯވާރޭގެ ތެރެއިން ހަރުބީ ބޮޑުބެރު ގްރޫޕަށް ކުޅުދުއްފުށީ ރައްޔިތުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ކުޅުދުއްފުށީގައި އީދު ކުޅިވަރުތައް ރޭވުމުގައި އިސްކޮށްއުޅޭ އީދު ކުޅިވަރު އިއްތިހާދުގެ ފަރާތުން އިންތިޒާމްތައް ހަމަޖައްސައިގެން ހަރުބީ ގްރޫޕް ކުޅުދުއްފުއްޓަށް ގެނެސްފައިވަނީ މިއަދު އިރާކޮޅުއެވެ. ކުރިން މިއަދު މެންދުރު 1 ޖަހާ އިރު އަންނަން ހަމަޖެހިފާ އޮތް ނަމަވެސް ހަރުބީ ގުރޫޕު އައުން ލަސްވެފައި ވަނީ މޫސުން ތަން ނުދިނުމުގެ ސަބަބުންނެވެ. ށ. ކަނޑިތީމުގައި ރޭ ހަރުބީ އިން ދޭންއޮތް ޝޯ ވިއްސާރަވުމުގެ ސަބަބުން މިއަދަށް ފަސްކޮށްފައި އެވެ.

މަންޑޭ އާއި ހަރުބީ ބޮޑުބެރު ޓީމަށް މަރުހަބާ ކިޔުމަށް އެތައް ސަތޭކަ ބަޔަކު ކުޅުދުއްފުށީ އުތުރު ބަނދަރަށް އެއްވިއިރު މަންޑޭ ގެ ނަމުގެ އަޑު ދިޔައީ އެސަރަހައްދުގައި އެއް އަޑަކަށް ގުގުމަމުންނެވެ. ގިނަބަޔަކު މަންޑޭއާއި ސަލާމްކޮށް ވާހަކަދެއްކުމަށް ވެސް ވަނީ މަސައްކަތް ކޮށްފައެވެ. ހަރުބީ އިން ކުޅުދުއްފުށީގައި ޝޯ ދޭން ހަމަޖެހިފައި ވަނީ މިރޭ އެވެ.

ނަން
ކޮމެންޓް
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com