twitterviber whatsapp telegramfacebookyoutube instagram
9th April 2026

ކުޅުދުއްފުށީގައި ހަލުވިކަމާއެކު ފެތުރެމުން ދިޔަ ވައިރަލް ހުމާއި އަރިދަފުސް ރޯގާ އަދިވެސް ކޮންޓްރޯލެއް ނުވޭ

Oct 31, 2012

މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ފެށިގެން ކުޅުދުއްފުށީގައި ހަލުވިކަމާއެކު ފެތުރެމުން ދިޔަ ވައިރަލް ހުމާއި އަރިދަފުސް ރޯގާ އަދިވެސް ކޮންޓްރޯލް ނުވާކަމަށް ޕަބްލިކް ހެލްތް ޔުނިޓުން ހާމަކޮށްފިއެވެ.

މި އޮކްޓޯބަރ މަހުން ފެށިގެން ފެންނަމުން ދިޔަ ރޯގާއާއި ހުން ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ދަނީ އަދިވެސް އިތުރުވަމުންނެވެ. އެގޮތުން މިމަހުގެ 20 އިން 30 ގެ ނިޔަލަށް ހުން ޖެހިގެން 373 މީހަކު ވަނީ ކުޅުދުއްފުށީ ހޮސްޕިޓަލަށް ދައްކާފައެވެ. އަދި އަރިދަފުސް ރޯގާ ޖެހިގެން 317 މީހަކު ވަނީ ޑޮކްޓަރަށް ދައްކާފައި އެވެ.

އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 5 ނުވަތަ 6  މީހުން ހުންޖެހިގެން އެޑްމިޓް ކުރާކަމަށާއި ދޭތެރެ ދޭތެރެއިން ޑެންގޫވެސް ފެންނަމުންދާ ކަމަށް ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތު ދިނެވެ. މިގޮތުން މިހާރުވެސް 2 މީހަކު ހޮސްޕިޓަލްގައި ޑެންގޫ އަށް ފަރުވާ ހޯދަމުންދާކަމަށް އެފަރާތުން މައުލޫމާތު ދިނެވެ.

މި ދުވަސްވަރަކީ ގިނައިން ވާރޭ ވެހި ރަށްރަށުގައި ފެން ބޮޑުވަމުންދާ ދުވަސްރަކަށްވާތީ ބަލިމަޑުކަމެއް ފެތުރިދާނެ ކަމުގެ ބިރު ބޮޑު ކަމަށް ސެންޓަ ފޯ ކޮމިއުނިޓީ ހެލްތު އެންޑް ޑިޒީސް ކޮންޓްރޯލް (ސީސީއެޗްޑީސީ) އިން ވަނީ ހާމަކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355