twitterviber whatsapp telegramfacebookyoutube instagram
24th April 2024

ބެލެނިވެރިންގެ ނެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ދެވަނަ ފަހަރަށް އަމީރު އަމީން ސްކޫލް ހޯދައިފި

Nov 5, 2012

ބެލެނިވެރިންގެ ނެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ވިދިވިދިގެން ދެވަނަ ފަހަރަށް އަމީރު އަމީން ސްކޫލް ހޯދައިފި އެވެ.

ކުޅުދުއްފުށީ ޔޫތު އެންޑް ރެކްރިއޭޝަން ކްލަބުން (ކޭވައިއާރުސީ) އިންތިޒާމު ކޮށްގެން ބޭއްވި 3 ވަނަ އިންޓަރ ސްކޫލް ޕޭރެންޓްސް ނެޓްބޯލް މުބާރާތުގެ ގެ ޗެމްޕިއަންކަން އަމީރު އަމީން ސްކޫލުން ހޯދީ ފައިނަލްގައި އިތުމަތި އަވަށު ޕްރީ ސްކޫލާއި ވާދަކޮށް 38  ޕޮއިންޓް 24 ޕޮއިންޓުންނެވެ.

އިއްޔެ ހަވީރު ޒޯން ސްޓޭޑިއަމްގެ ނެޓްބޯޅަ ކޯޓްގައި ކުޅުނު މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އަމީރު އަމީން ގެ ގޯލް ޝޫޓަރ ޔުމްނާ ޢަލީ އެވެ. މުބާރާތުގެ ފެއަރ ޕްލޭ ޓީމަކަށް ހޮވިފައިވަނީ އަފީފުއްދީން ސްކޫލްގެ ޓީމެވެ.

މުބާރާތުގައި ކުޅެވުނު މެޗްތަކުގެ މޮޅު ކުޅުންތެރިން ހޮވާ އިއްޔެ ވަނީ އިނާމް ދީފައެވެ. އަދި މުބާރާތުގެ އެންމެ މޮޅު 7 ކުޅުންތެރިންނަށްވެސް ވަނީ ޓްރޮފީ ހަވާލު ކޮށްފައެވެ. އެކުޅުންތެރިންގެ ތެރޭގައި ހިމެނެނީ އައި.ޕީ.އެސްގެ ގޯލް ޑިފެންސް ނަސީމާ އިބްރާހިމާއި، އެޓީމްގެ ސެންޓަރ ޝާހިދާ މޫސާ އާއި އަދި ހަމަ އެޓީމްގެ ގޯލް އެޓޭކް ނަދީމާ މުހައްމަދެވެ. މީގެ އިތުރުން އަމީރުއަމީންގެ ސެންޓަރ ނާއިފާ އަބްދުއް ރަހްމާނާއި، އެސްކޫލްގެ ވިންގް އެޓޭކް ހަދީޖާ މޫސާ އަދި އަފީފުއްދީން ސްކޫލްގެ ވިންގް އެޓޭކް އާބިދާ އާދަމެވެ.

މުބާރާތުގައި ބައިވެރިވި އެންމެ ދުވަސްވީ ކުޅުންތެރިއާ އަށްވެސް ވަނީ ތައްޓެއް ދީފައި އެވެ. މިއަހަރުގެ މުބާރާތުގައި ބައިވެރިވި އެންމެ ދުވަސްވީ ކުޅުންތެރިއަކީ ނަޝީދާ މުސާ އެވެ.

ވަނަވަނައަށް ދިޔަ ފަރާތްތަކަށް ތައްޓާއި ޓްރޮފީ ބައްސަވައިދެއްވީ ކޭވައިއާރްސީގެ އިސްބޭފުޅުންނާއި، މުބާރާތުގެ އަންޕަޔަރުކަން ކޮށްދެއްވި ފަރާތްތަކާއި މުބާރާތުގެ ޝަރަފްވެރި މެހެމާނާ އާމިނަތު މާޖިދާއެވެ.

ކުޅުދުއްފުށީގެ 5 ސްކޫލް ބައިވެރިވި މި މުބާރާތް ކުރިއަށް ގެންގޮސްފާ ވަނީ އޮކްޓޯބަރ 29 އިން މިމަހުގެ 4 ގެ ނިޔަލަށެވެ.

ކޭވައިއާރްސީ އިން އިއްޔެ ވަނީ މިއަހަރުގެ ޑިސެމްބަރ މަހު  ބޭއްވުމަށް ހަމަޖެހިފައިވާ އަތޮޅު ނެޓްބޯޅަ މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355