twitterviber whatsapp telegramfacebookyoutube instagram
12th May 2025

ކެއަރ ޑިވޮލޮޕްމަންޓް ސެންޓަރގެ ދަރިވަރުންގެ އަތްތެރިކަމުގެ މަސައްކަތްތައް ދައްކާލުމުގެ މައުރަޒެއް ބާއްވަނީ

Nov 7, 2012

ކެއަރ ޑިވޮލޮޕްމަންޓް ސެންޓަރގެ ދަރިވަރުންގެ އަތްތެރިކަމުގެ މަސައްކަތްތައް ދައްކާލުމުގެ މައުރަޒެއް ބާއްވަން ހަމަޖައްސައިފިއެވެ.

މިމައުރަޒްގެ މައިގަނޑު މަޤްސަދަކީ ދަރިވަރުން ތަފާތު މާހައުލުތަކަށް އަހުލުވެރިކުރުވުމާއި ދަރިވަރުންގެ އެކިކަހަލަ ހުނަރުތައް ތަރައްޤީކޮށް ގިނަ ފުރުސަތުތައް ހޯދައިދުނުން ކަމަށް ކެއަރ ސޮސައިޓީއިން ބުންޏެވެ. މި ނޮވެމްބަރ މަހުގެ 19 އަދި 20 ގައިމި މައުރަޒް ކުރިއަށް ދާނީ ހެނދުނު 10 އިން އިރުއޮއްސި 6 ޖަހަންދެން ނޭޝަނަލް އާރޓް ގެލެރީގައެވެ.

ކެއަރ ސޮސައިޓީއިން ބުނިގޮތުގައި މި މައުރަޒުގައި އެ ސްކޫލްގެ އެކި އުމުރުފުރައިގެ ދަރިވަރުންގެ އެކިކަހަލަ މަސައްކަތްތައް ދައްކާލުން އޮންނާނެއެވެ. އަދި މަސައްކަތްތައް ބައްލަވައިގަންނަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތުވެސް ވަނީ ހުޅުވާލެވިފައެވެ.

ކެއަރ ޑިވޮލޮޕްމަންޓް ސެންޓަރ އަކީ ކެއަރ ސޮސައަޓީގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުންނަށް ތައުލީމާއި ތަމްރީން ދިނުމުގެ މަޤްސަދުގައި  ހުޅުވާފައިވާ ސްކޫލްއެކެވެ.

ކެއަރ ސޮސައިޓީއަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުންގެ ހައްޤުތައް ރައްކާތެރިކޮށްދިނުމާއި އަދި މުޖުތަމައުގައި މިފަދަ މީހުންނާއި ކުދިންނަށް ހަމަހަމަ ފުރުސަތުތަކެއް ހޯދައި ދިނުމުގެ މަގުސަދުގައި 1998 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރަމުން އަންނަ އަމިއްލަ ޖަމިއްޔާއެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355