twitterviber whatsapp telegramfacebookyoutube instagram
25th May 2026

“ހޭންޑްސް އެގެއިންސްޓް ކޮރަޕްޝަން” ޝިއާރާއެކު މިއަހަރުގެ ޒިގްޒެގް އިންޓަރ އޮފީސް ފުޓްސަލް މުބާރާތް ފަށައިފި

Nov 10, 2012

“ހޭންޑްސް އެގެއިންސްޓް ކޮރަޕްޝަން” ގެ ޝިއާރާއި އެކު ތިންވަނަ ޒިގްޒެގް އިންޓަރ އޮފީސް ފުޓްސަލް މުބާރާތް ފަށައިފި އެވެ.

ކުޅުދުއްފުށީގައި ހުންނަ ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކަށް ހުޅުވާލައިގެން ކުޅުދުއްފުށީ ޒިގްޒެގް ފޮރ ޔޫތު ލިންކޭޖުން މީގެ ދެއަހަރު ކުރިން ބާއްވަން ފެށި މިމުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ބައްދަލުކުރީ ދިރާގާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ޓީމެވެ. މި މެޗް 3-2 އިން ކާމިޔާބުކުރީ މިދިޔަ އަހަރުގެ މުބާރާތުގެ ޗެމްޕިއަން ހޮސްޕިޓަލްގެ ޓީމެވެ. މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހޮސްޕިޓަލް ޓީމްގެ ޖޯޒީ ނަމްބަރ 17 އަހުމަދު އާދަމެވެ.

މިއަދު ކުޅެވުނު މުބާރާތުގެ ފުރަތަމަ މެޗުގެ ކުރިން ބޭއްވި ރަސްމިއްޔާތުގައި އެންމެ ފުރަތަމަ އޮތީ ކޮރަޕްޝަނަށް ނޫނެކޭ ބުނުމުގެ ގޮތުން ކުޅުދުއްފުށީގައި ހުންނަ ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުން މި ރަސްމިއްޔާތަށް ވަޑައިގެންނެވި އިސްވެރިން ބޯޑެއްގައި އަތްތިލައިގެ ނިޝާން ޖެހުމެވެ. މިގޮތުން 15ފަރާތަކުން ވަނީ މިއަދު އަތްތިލަ ޖަހާފައެވެ. އަތްތިލަ ޖެހުމަށް ބޭނުންކުރި ބޯޑް ވަނީ ކުޅިބަލަންދާ ފަރާތްތަކަށް ފެންނާނެހެން ބަހައްޓާފައެވެ.

މި މުބާރާތް މިއަދުން ފެށިގެން މިމަހުގެ 27 ގެ ނިޔަލަށް ކުރިއަށްދާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355