twitterviber whatsapp telegramfacebookyoutube instagram
12th May 2025

ރިއޯ ޤުރުއާން ކުލާހުގެ ރިޕޯޓް ފޮތް ދިނުމާއި އިނާމު ދިނުމުގެ ޖަލްސާ މިއަދު ބާއްވައިފި

Nov 10, 2012

ރިއޯ ޤުރުއާން ކުލާހުގެ ރިޕޯޓް ފޮތް ދިނުމާއި އިނާމު ދިނުމުގެ ޖަލްސާ މިއަދު ބާއްވައިފި އެވެ.

މިއަދު ހަވީރު ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގައި އޮތް މިރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އަފީފުއްދީން ސްކޫލްގެ ކުރީގެ ލީޑިން ޓީޗަރ ފާތުމަތު އަބޫބަކުރެވެ.

މިއަދުގެ މިރަސްމިއްޔާތުގައި ޤުރުއާން ކުލާހުގެ އެކި ވަނަތަކަށް ވަނީ ތައްޓާއި އިނާމް ދީފައެވެ. މިގޮތުން ހުރިހާގޮތަކުން 1 ވަނަ ދަރިވަރަކަށް ހޮވިފައިވަނީ އައިމިނަތު މިންހާ މުހައްމަދު، ނަސްރީނުގެ އެވެ. 2 ވަނައަށް ހޮވިފައިވަނީ ރީނދޫމާގޭ މަރިޔަމް މަންހާ ޔޫނުސް އެވެ. އަދި 3 ވަނައަށް ގޮސްފައި ވަނީ އާއިޝަތު ޝާލިޔާ، ނަރުގިސްވިލާ އެވެ.

ޤުރުއާންކުލާހުގެ އަޚްލާގީ ގޮތުން އެންމެ ރަނގަޅު ދަރިވަރަކަށް ހޮވިފައިވަނީ  އިސްމާއިލް ރިއުމާން، ވަށަފަރުގެ އެވެ. މީގެ އިތުރުން ވެސް ވަކިވަކި ކުލާސް ތަކުން އެއްވަނަ، ދެވަނަ، އަދި ތިންވަނަ އަށް ދިޔަ ދަރިވަރުންނަށާއި މިއަހަރު އަންމާފޮތް ހިތުން ދަސްކޮށްފައިވާ 4 ދަރިވަރަކަށާއި ނަމާދުގެ ނިޔަތްތައް ދަސްކޮށް ކިޔައިދީފައިވާ ދަރިވަރުންނަށް ވަނީ ތައްޓާއި ހަނދާނީ ލިޔުން ދީފައެވެ. އިނާމް ދިނުމުގެ މިރަސްމިއްޔާތުގައި ސްކޫލްތަކުގެ ޤުރުއާން މުދައްރިސުން ވަނީ ބައިވެރި ވެފައެވެ.

ރިއޯ ޤުރުއާން ކުލާހަކީ މިދިޔަ އަހަރުން ފެށިގެން ހިންގަމުން އަންނަ ރައްޔިތުންގެ ތެރޭ މަގުބޫލު ޤުރުއާން ކުލާހެކެވެ. މިއަހަރު 245 ދަރިވަރަކު ވަނީ މި ކުލާހުގައި ކިޔަވާފައެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355