twitterviber whatsapp telegramfacebookyoutube instagram
27th October 2025

ކުޅުދުއްފުށި އޮންލައިންގެ ދެވަނަ ކުރުވާހަކަ ލިޔުމުގެ މުބާރާތުގެ ނަތީޖާ ފާޅުކުރުން އަންނަ ބުރާސްފަތި ދުވަހު

Nov 19, 2012

ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލްގެ ދަރިވަރުންނަށް އަމާޒުކޮށްގެން “ކުޅުދުއްފުށި އޮންލައިން”ގެ ފަރާތުން ބޭއްވި ކުރުވާހަކަ ލިޔުމުގެ މުބާރާތުގެ ނަތީޖާ ފާޅުކުރުން އަންނަ ބުރާސްފަތި ދުވަހު ބާއްވާނެ އެވެ.

ކުޅުދުއްފުށި އޮންލައިންގެ މެނޭޖްމަންޓުން ބުނިގޮތުގައި އަންނަ ބުރާސްފަތި ދުވަހު މުބާރާތުގެ ނަތީޖާ ފާޅުކުރާނީ ދިރާސީ އަހަރު ނިންމުމުގެ ގޮތުން ޖަލާލުއްދީން ސްކޫލުގައި ބާއްވާ ރަސްމިއްޔާތުގެ ތެރޭގައި އެވެ.

ޖަލާލުއްދީން ސްކޫލުގެ ދިވެހި ޑިޕާޓްމަންޓާއި ގުޅިގެން މިދިޔަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މި މުބާރާތުގެ އެއްވަނަ އަށް އަންނަ ދަރިވަރަކަށް ހުށަހެޅިފައިވާ އިނާމަކީ އެންޑްރޮއިޑް ޓެބްލެޓެއްގެ އިތުރުން ޓްރޮފީއަކާއި ހަނދާނީ ލިޔުމެކެވެ. ދެވަނަ އަދި ތިންވަނަ އަށްދާ ދަރިވަރުންނަށް ވަތަނިއްޔާގެ ޑަބްލިޔު މޮޑެމްއަކާއި ޓޮރޮފީގެ އިތުރުން ހަނދާނީ ލިޔުމެއް ދޭނެއެވެ. އަދި މުބާރާތުގައި އެންމެ މޮޅު 15 ވާހަކަ ލިޔުނު ދަރިވަރުންނަށް ވެސް ހަނދާނީލިޔުން ދޭނެއެވެ.

މިދިޔަ އަހަރު ބޭއްވި މުބާރާތުގެ ސީނިއަރ ބައިން އެއްވަނަ އަށް ހޮވިފައިވަނީ ގްރޭޑް 11 ބީ ގައި ތައުލީމް ހާސިލް ކުރަމުންދާ ޝާމިލް އިބްރާހިމް ލިޔެފައިވާ “ގައިދު” ވާހަކަ އެވެ. އަދި ޖޫނިއަރ ގްރޫޕުން އެއްވަނަ ލިބުނީ 9 ޖީގެ އިނާޔަތު އަލީ ލިޔެފައިވާ “އައިޝާ” ވާހަކަ އަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355