twitterviber whatsapp telegramfacebookyoutube instagram
27th October 2025

ބައިނަލްއަގްވާމީ ހަކުރުބަލީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުޅުދުއްފުށީގައި ހާއްސަ ހަވީރެއް ބާއްވައިފި

Nov 15, 2012

.

ބައިނަލްއަޤްވާމީ ހަކުރުބަލީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޚާއްސަ ހަވީރެއް މިއަދު ކުޅުދުއްފުށީގައި ބާއްވައިފި އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން އިންތިޒާމް ކޮށްގެން މިއަދު އަމީރު އަމީން ސްކޫލާއި ދިމާ ހިއްކި ސަރަހައްދުގައި ބޭއްވި މި ހަވީރުގެ މަޤްޞަދަކީ ހަކުރު ބައްޔާމެދު ރައްޔިތުން އަހުލުވެރިކުރުވުން ކަމަށް ކުޅުދުއްފުށީ ހޮސްޕިޓަލުން ބުންޏެވެ.

“އަޅުގަނޑުމެންގެ މުސްތަޤްބަލް ހަކުރު ބަލިން ރައްކާތެރި ކުރަމާ” މި ޝިއާރުގެ ދަށުން މިއަދު ބޭއްވި ހަވީރަށް ޒިޔާރަތް ކުރި މީހުންނަށް ކަމާގުޅޭ މައުލޫމާތު ދެއްވީ ކުލުދުއްފުށީ ހޮސްޕިޓަލުގެ ޕަބްލިކް ހެލްތް ޔުނިޓްގެ ބޭފުޅުންނެވެ.

މި ހަވީރުގައި އިސްކޮޅާއި ބަރުދަން ބެލުމާއި، އިސްކޮޅާއި އަޅާ ބަލާއިރު ބަރުދަން ހުންނަންވާ މިންވަރު ނުވަތަ ބީއެމްއައި ބެލުމާއި، ލޭގެ ޕްރެޝަރ ބެލުން ވެސް ކުރިއަށް ދިޔައެވެ. އަދި ކުޅުދުއްފުށީ “ޝޭޕް އެރޮބިކްސް” ސެންޓަރުން އެރޮބިކްސް ލެސަން ތަކެއް ވެސް އެސަރަހައްދުގައި ކުރިއަށް ދިޔައެވެ.

މި ހަވީރަށް ރައްޔިތުންގެ ވަރަށް ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ. ހަކުރުބަލީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސް އިން ވަނީ މީގެ ކުރިން ކުޅުދުއްފުށީގައި ހިނގާލުމެއްވެސް ބާއްވާފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355