twitterviber whatsapp telegramfacebookyoutube instagram
29th March 2024

ހޮސްޕިޓަލުގެ މައްޗަށް އެސްޓީއޯ ކުރި ހޯދިއިރު އަތޮޅު ކައުންސިލަށް ފަސޭހަ މޮޅެއް

Nov 16, 2012

ކުޅުދުއްފުށީގައި މިހާރު ކުރިއަށްދާ ޒިގެޒެގް އިންޓަރ އޮފީސް ފުޓްސަލް މުބާރާތުގައި އިއްޔެ ކުޅެވުނު ދެ މެޗް އެސްޓީއޯ އާއި އަތޮޅު ކައުންސިލް ކާމިޔބު ކޮށްފިއެވެ.

ހަވީރު ކުޅުނު ފުރަތަމަ މެޗްގައި ހޮސްޕިޓަލާއި އެސްޓީއޯ ވާދަކޮށް 5 ލަނޑު 3 ލަނޑުން ކާމިޔާބު ކުރީ އެސްޓީއޯއެވެ. މި މެޗްގައި އެސްޓީއޯގެ އަހުމަދު ނަދީމާއި ހަސަން މުހައްމަދު އަދި ހޮސްޕިޓަލްގެ އަސްލަމް މުހައްމަދު ވަނީ ކޮންމެ ކުޅުން ތެރިއަކު 2 ލަނޑު ޖަހާފައެވެ. އަދި އެސްޓީއޯގެ އިބްރާހިމް އާސިފާއި ހޮސްޕިޓަލްގެ މުހައްމަދު އަހުމަދު ވެސް ވަނީ ލަނޑެއް ކާމިޔާބް ކޮށްދީފައެވެ.

މި މެޗުގައި ފުރަތަމަ ލީޑް ނަގާފައިވަނީ ހޮސްޕިޓަލުގެ ޓީމުންނެވެ. އޭގެ ކުޑަ އިރުކޮޅެއްފަހުން ޖެހިޖެހިގެން 3 މިނިޓްގެ ތެރޭގައި ކާމިޔާބުކުރި 3 ލަނޑާއެކު މެޗުގެ ކޮންޓްރޯލް އެސްޓީއޯއިން ވަނީ ހޯދާފައި އެވެ. މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެސްޓީއޯގެ އަހުމަދު ނަދީމް އެވެ.

އިއްޔެ ކުޅުނު ދެވަނަ މެޗް އަތޮޅު ކައުންސިލް ފަސޭހަކަމާއި އެކު ކާމިޔާބްކުރީ އަފީފުއްދީނާއި ވާދަކޮށް 8 ލަނޑު 3 ލަނޑުން ނެވެ. މި މެޗްގައި އަތޮޅު ކައުންސިލްގެ އަބްދުއްސައްތާރު ވަނީ ހެޓްރިކެއް ހަދާފައެވެ. މެޗްގެ މޮޅު ކުޅުން ތެރިއަކަށް ހޮވިފައި ވަނީވެސް އޭނާ އެވެ.

މީގެ އިތުރުން އަތޮޅު ކައުންސިލްގެ އަހުމަދު އިމާދާއި އަފީފުއްދީންގެ އަހުމަދު ދީޕް ހަސަން ވަނީ 2 ލަނޑު ކާމިޔާބް ކޮށް ދީފައެވެ. އަފީފުއްދީންގެ އަނެއް ލަނޑު ކާމިޔާބު ކޮށްދީފައިވަނީ އަހުމަދު ހުސައިން އެވެ. އިއްޔެގެ މެޗްގައި ފުރަތަމަ ހާފް ނިމުމުގެ ކުރިން 4 ލަނޑު ވަނީ ކާމިޔާބް ކޮށްފައެވެ. އެޓީމްގެ އިތުރު ލަނޑު ތައް ކާމިޔާބް ކޮށްދިނީ އާދަމް މުހައްމަދާއި ބަސީރު ޔޫސުފާއި، ހުސައިން އާދަމެވެ.

މިމުބާރާތުގައި މިއަދުވެސް ދެމެޗް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ފުރަތަމަ މެޗްގައި ބައްދަލު ކުރަން ހަމަޖެހިފައިވަނީ ކަސްޓަމާއި ކުޅުދުއްފުށީ ކައުންސިލެވެ. އަދި ދެވަނަ މެޗްގައި ބައްދަލު ކުރާނީ ޕޮލިސް އަދި އެމްއެންޑީއެފް އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355