twitterviber whatsapp telegramfacebookyoutube instagram
25th August 2025

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާންކޮށްފި

Nov 19, 2012

މިމަހުގެ 7 ވަނަ ދުވަހު ބޭއްވި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާނު ކުރިއިރު ވަގުތީ ނަތީޖާ އަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ.

މި އިންތިހާބުގައި ކުޅުދުއްފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއަށް ހޮވިފައިވަނީ އުއްމުކުލްސޫމް އިބްރާޙީމް ލަންދޫގެ، އައިމިނަތު މަޖީދާ އަމާޒު، ލަތީފާ އިޤްބާލް އާވެލި، ނާޒިމާ އަބްދުއްރަޙްމާން ރަންހަދާގެ، ޖުވައިރިޔަތު ޙަސަން ސުހާނީ، ޒަރާނާ އިބްރާޙީމް އަޅިވިލާގެ، ސާދުނާ މުޙަންމަދު ޕެނަލް، އައިމިނަތު އަޙްމަދު މިރިހިމާގެ އަދި ޞަފިއްޔާ މޫސާ ރޯޒީނާޒް އެވެ.

މި އިންތިހާބުގައި ކުޅުދުއްފުށިން ވޯޓު ދީފައިވަނީ ޖުމްލަ 759 މީހުންނެވެ. ކުޅުދުއްފުށީގައި ވޯޓު ދިނުމުގެ ހައްގު ލިބޭ 2985 މީހުން ތިބޭކަމަށް ހިސާބުތަކުން ދައްކައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355