twitterviber whatsapp telegramfacebookyoutube instagram
9th April 2026

އެމްޑީޕީގެ “ބޮޑުތިލަދުންމަތީ ވައުދުގެ ދަތުރު” މިއަދު ފަށައިފި

Nov 21, 2012

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ “ބޮޑުތިލަދުންމަތީ ވައުދުގެ ދަތުރު” މިއަދު ހަވީރު ފަށައިފި އެވެ.

އެމްޑީޕީއިން މައުލޫމާތު ދޭ ގޮތުގައި މިދަތުރުގައި ހއ، ހދ އަދި ށ އަތޮޅުގެ 44 ރަށަކަށް އެ ޕާޓީއިން ޒިޔާރަތްކުރާނެ އެވެ. އެމްޑީޕީގެ ކެމްޕެއިން މި ދަތުރުގައި އެމްޑީޕީގެ ލީޑާރޝިޕްގައި ހިމެނޭ މީހުންނާއި އެޕާޓީގެ ޕާލަމެންޓްރީ ގުރޫޕްގެ ހުރިހާ މެމްބަރުން އަދި އެޕާޓީގެ ގިނަ އަދަދެއްގެ އާންމު މެމްބަރުން ބައިވެރިވާ ކަމަށް އެމްޑީޕީ އިން ބުންޏެވެ.

އެމްޑީޕީ އިން ބުނެފައިވާ ގޮތުގައި މި ދަތުރުގައި ތަފާތު ރެލީތަކާ، ޚާއްސަ ޖަލްސާތަކާ، މައުލޫމާތު ސެޝަންތަށް ރަށްރަށުގައި ބާއްވާނެ އެވެ.

 އެމްޑީޕީގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ ނައިބު ރައީސް އަލީ މުހައްމަދު (ރެވި އަލީ) މިއަދު ވިދާޅުވީ ކުޅުދުއްފުށިން އެމްޑީޕީގެ ވައުދުގެ ދަތުރަށް ވަރަށް ބޮޑަށް ތައްޔާރުވަމުން އަންނަކަމަށެވެ. އެގޮތުން ރަށު ކައުންސިލާއި އަތޮޅު ކައުންސިލުގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރުންނާއެކު ބައްދަލުވުންތައް ކޮންމެ ރެއަކުހެން ބާއްވަމުން އަންނަކަމަށް އަލީ ވިދާޅުވި އެވެ.

މިއަދު ހަވީރު ޓީ ޖެޓީ ސަރަހައްދުން ފުރި އެމްޑީޕީގެ ކެމްޕެއިން ޓީމް ކުޅުދުއްފުއްޓަށް އައުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 7 ވަނަ ދުވަހު އެވެ.

އެމްޑީޕީއިން ވަނީ ވައުދުގެ ދަތުރުގެ ނަމުގައި ކެމްޕެއިން ދަތުރެއް އެންމެ ދެކުނުގެ ތިން އަތޮޅުގެ ރަށްރަށަށް ކޮށްފައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355