twitterviber whatsapp telegramfacebookyoutube instagram
18th December 2025

ލޯކަލް ބަނދަރު ދަތުރު ހިޔާގެ ބޭނުން ހަފްތާއެއްގެ ތެރޭގައި ކުރަން ފެށޭނެ: އަތޮޅު ކައުންސިލް

Nov 25, 2012

ކުޅުދުއްފުށީ ލޯކަލް ބަނދަރު ސަރަހައްދުގައި އަޅާފައިވާ ދަތުރު ހިޔާގެ މަސައްކަތް ނިމި ހަފްތާއެއްގެ ތެރޭގައި ބޭނުން ކުރެވޭ ވަރު ވާނެކަމަށް ހދ އަތޮޅު ކައުންސިލުން ބުނެފި އެވެ.

ކުޅުދުއްފުށީ އޮންލައިނުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އަތޮޅު ކައުންސިލްގެ ނައިބު ރައީސް ޒަކަރިއްޔާ ހަސަން ވިދާޅުވީ މިހާރު ކުރިއަށް ދަނީ ދަތުރު ހިޔާގައި މިހާރު ކުރިއަށް އޮތީ ކަރަންޓް ދިނުމުގެ މަސައްކަތް ކަމަށެވެ.

“ކަރަންޓް ވައިރު ކުރެވިފައި ވަނީ. ފާހާނާވެސް އެބަހުރި. އެހެން ނަމަވެސް އަދި ނަރުދަމާ ޤާއިމް ނުކުރެވޭ.” ޒަކަރިއްޔާ ވިދާޅުވި އެވެ.

އައިލެންޑް އިލެކްޓްރިކް ރިޕެއަރ ސާވިސްއާ ހަވާލުކޮށްގެން ބިނާކުރި މި ދަތުރު ހިޔާގެ ސަބަބުން ކުޅުދުއްފުއްޓަށް ޒިޔާރަތްކުރާ ފަރާތްތަކަށް އިތުރު ފަސޭހަ ތަކެއް ލިބިގެން ދާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355