twitterviber whatsapp telegramfacebookyoutube instagram
12th May 2025

ކުޅުދުއްފުށިން ޕެޓްރޯލް ހުސްވެދާނެ ކަމުގެ ބިރެއް ނެތް: އެތުމާ ޕުރައިވެޓް ލިމިޓެޑް

Nov 24, 2012

ކުޅުދުއްފުށިން ޕެޓްރޯލް ހުސްވަނީކަމަށް މިއަދު ރަށުތެރޭގައި ހަބަރު ފެތުރުނުކަމުގައި ވީނަމަވެސް، ކުޅުދުއްފުށިން ޕެޓްރޯލް ހުސްވުމުގެ ބިރެއް ނެތް ކަމަށް، ކުޅުދުއްފުށީގައި އެންމެ ފުޅާ ދާއިރާއެއްގައި ޕެޓްރޯލް ވިއްކަމުން އަންނަ “އެތުމާ” ކުންފުނިން ބުނެފި އެވެ.

ކުޅުދުއްފުށީގައި ޕެޓްރޯލިއަމް ވިއްކާ މައި ކުންފުނީގެ ޑިރެކްޓަރ އަބޫބަކުރު އާދަމް މި ނޫހަށް ވިދާޅުވީ ރަށުން ޕެޓްރޯލް ހުސްވުމުގެ ބިރެއް ނެތް ކަމަށާއި މާދަމާގެ ވަގުތެއްގައި އިތުރު ސަޕްލައި އެކުންފުންޏަށް ލިބޭނެ ކަމަށެވެ.

“ތެޔޮ ގުދަން ކުރަނީ ވިޔަފާރިވާ އުސޫލަށް ބަލާފައި. މިހާބޮޑަށް (ޕެޓްރޯލް) މަދުވެގެން މި ދިޔައީ ހއ ދިއްދޫއާއި ހޯރަފުށިން ޕެޓްރޯލް ހުސްވެގެން އެ ދެ ރަށަށް ވަރަށް ގިނަ ތެޔޮ ސަޕްލައި ކޮށްދޭން ޖެހުމުން” އަބޫބަކުރު ވިދާޅުވި އެވެ.

އެތުމާ ކުންފުނިން ބުނި ގޮތުގައި އެކުންފުންޏަށް އާންމުކޮށް ވިޔަފާރިވާ ރޭޓުން ބަލާއިރު މިހާރުވެސް 20 ދުވަހަށް ފުދޭ ވަރަށް 9000 ލީޓަރުގެ ޕެޓްރޯލް މިހާރުވެސް އެބަހުއްޓެވެ. އަދި ޕެޓްރޯލް ފިޔަވާ އެކުންފުނިން ވިއްކާ ޑީސަލް މަދުވެފައި ނުވާ ކަމަށް އެކުންފުނިން ބުންޏެވެ.

މިވަގުތު ޕެޓްރޯލް ލީޓަރެއް ލިބެންހުރީ 17.85 ރުފިޔާ އަށެވެ. އެތުމާ ކުންފުންޏަކީ 2002 ވަނަ އަހަރުން ފެށިގެން ތެލުގެ ވިޔަފާރި އެންމެ ފުޅާކޮށް ކުރަމުން އަންނަ ހަމައެކަނި ކުންފުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355