twitterviber whatsapp telegramfacebookyoutube instagram
12th May 2025

ހާޓް އެޓޭކެއް ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮތް އިންޑިއާގެ ޑޮކްޓަރެއް އެމް.އެން.ޑީ.އެފްގެ ހެލިކޮޕްޓަރުގައި މާލެ ގެންގޮސްފި

Nov 30, 2012

ހާޓް އެޓޭކެއް ޖެހިގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ގައި އެޑްމިޓް ކޮށްފައި އޮތް އިންޑިއާގެ ޑޮކްޓަރެއް އެމް.އެން.ޑީ.އެފްގެ ހެލިކޮޕްޓަރުގައި މާލެ ގެންގޮސްފިއެވެ.

 ހއ. ކެލާ ސިއްޙީ މަރުކަޒުގައި މަސައްކަތްކުރާ  ހަމައެކަނި ޑޮކްޓަރު ކަމުގައިވާ އިންޑިއާގެ ގެ ޑރ. ރާމަ ރާއޯ، އެރަށުގައި ހުއްޓާ މީގެ ތިންދުވަސް ކުރިން ހާޓްއެޓޭކެއް ޖެހިގެން ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެނެސް ވަނީ އެޑްމިޓްކޮށްފައި އެވެ. އަދި އިންޑިއަން ހައިކޮމިޝަންގެ ހާއްސަ އެދިލެއްވުމެއްގެ މަތިން އެމްއެންޑީއެފްގެ ހެލިކޮޕްޓަރުގައި އޭނާ މާލެ ގެންދިއުމަށް ފުރީ މިއަދު 12:30 ހާއިރުއެވެ.

ކުޅުދުއްފުށީ އޮންލައިން އަށް މަޢުލޫމާތު ލިބިފައިވާ ގޮތުން ޑރ. ރާމަ ރާއޯ މިހާރު ވަނީ އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައި އެވެ. އަދި އިތުރަށް ފަރުވާ ދިނުމަށް އެއާ އިންޑިއާގެ ފްލައިޓެއްގައި އޭނާ އިންޑިއާ އަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355