twitterviber whatsapp telegramfacebookyoutube instagram
7th July 2025

ހަނިމާދޫގެ ގެއަކުން ވަގަށް ނަގާފައިވާ ތަކެތި ހޯދާ އެމައްސަލައިގައި 2 މީހަކު ހައްޔަރުކޮށްފި

Dec 3, 2012

ހދ ހަނިމާދޫގައި ބިދޭސީ ބަޔަކު ދިރިއުޅޭ ގެއަކުން ވަގަށް ނަގާފައިވާ ތަކެތި ހޯދުމަށްފަހު އެމައްސަލައާއި ގުޅުންހުރި 2 މީހަކު ފުލުހުން ހައްޔަރު ކޮށްފި އެވެ.

ފުލުހުންގެ މީޑިޔާއިން މައުލޫމާތު ދޭގޮތުގައި، މިދިޔަ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހު ހަނިމާދޫގައި ބިދޭސީ ބަޔަކު އުޅުނު ގެއަކުން ވަގަށް ގެންގޮސްފައިވަނީ 3 މޮބައިލް ފޯނާއި ސޮނީ ކެމެރާއެއްގެ އިތުރުން 350 ޔޫ.އެސް ޑޮލަރެވެ.

ފުލުހުން ބުނީ މިމައްސަލައިގައި ހައްޔަރުކުރި ދެ މީހުންގެ ތެރެއިން އުމުރުން 25 އަހަރުގެ މީހާ ދިރިއުޅޭ ގެއިން މޮބައިލް ފޯނުތަކަކާއި ސްޓިލް ކެމެރާއެއް ފެނިފައިވާ ކަމަށެވެ. އަދި ދެވަނަ އަށް ހައްޔަރުކުރި އުމުރުން 19 އަހަރުގެ މީހާގެ ގެއިން، ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ފޯނުތަކެއް ފެނިފައިވާ ކަމަށެވެ. އަދި ވަގަށް ނެގި ބޭރުފައިސާގެ ތެރެއިން 15 ޔޫ.އެސް ޑޮލަރު، ބިދޭސީއަކަށް ވިއްކާލާފައި ވަނިކޮށް ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މިމައްސަލައިގައި ހައްޔަރުކުރި ދެ މީހުންނަކީވެސް ކުށުގެ ރިކޯޑް އޮންނަ ދެ މީހުންކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ މިމަހުގެ އެއް ވަނަ ދުވަހު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355