twitterviber whatsapp telegramfacebookyoutube instagram
11th August 2026

ހދ ހަނިމާދޫއިން ފުރައިގެން ކުޅުދުއްފުއްޓަށް ދަތުރުކުރި ފެރީއެއް އެކްސިޑެންޓްވެ 4 މީހަކަށް އަނިޔާވެއްޖެ

Dec 4, 2012

ހދ ހަނިމާދޫއިން ފުރައިގެން ކުޅުދުއްފުއްޓަށް ދަތުރުކުރި ފެރީއެއް ހދ ނޮޅިފަރަންފަރުގައި ބަނދަރުކުރުމުގެ ތެރޭގައި އެކްސިޑެންޓްވެ 4 މީހަކަށް އަނިޔާވެއްޖެ އެވެ.

އެކްސިޑެންޓްވި ފެރީއަކީ ޓްރައިނަސް ސީއޭއީ ހޯލްޑިންގ އިން ދުއްވާ ފެރީއެކެވެ.

މިހާދިސާ ހިނގަންދިމާވީ މިއަދު ހެނދުނު ހަނިމާދޫއިން ފުރައިގެން ކުޅުދުއްފުއްޓަށް އައުމުގެ މަގުމަތީގައި ނޮޅިވަރަމްފަރަށް މަޑުކޮށް ޖެޓީއަށް ގާތް ކުރުމުގެ ތެރޭގައި ގިޔަރަށް ދިމާވި މައްސަލައެއްގައި ފެރީ ކޮންޓްރޯލުން ނެއްޓި ޖެޓީގައި ޖެހުމުގެ ސަބަބުންނެވެ.

ޓްރައިނަސް ސީއޭއީ ހޯލްޑިންގ ގެ މި ފެރީ އިން ދަތުރުކުރި 4 މީހަކަށް އެކިވަރުގެ އަނިޔާވަނީ ލިބިފައެވެ. މިގޮތުން ޖެޓީގައި ޖެހުނު ވަގުތު ފެރީގެ ދިރުނބާ ކޮޅުގައި ހުރި ފަޅުވެރިޔާ ވަނީ ވިއްސައިގެން ގޮސް ޖެޓީގެ މައްޗަށް ޖެހިފައެވެ. އެމީހާގެ ފައިގެ ކުޑަހުޅަށް ވަނީ އަނިޔާވެފައެވެ. އެ ފަޅުވެރިޔަކީ ކުޅުދުއްފުށީ ޓޮރޮންޓޯގޭ މީހެކެވެ.

ޓްރައިނަސްގެ ފަރާތުން މައުލޫމާތު ދެއްވަމުން އެކުންފުނީގެ އަދުހަމް ރަފީޤް ވިދާޅުވި ގޮތުގައި ފެރީއިން ދަތުރުކުރި ބައެއް އަންހެނުންގެ ނިތްކުރިއާއި ނޭފަތް ފަޅައިގެން ދިޔުމުގެ ސަބަބުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ހޯދުމަށް ފަހު މިހާރު ވަނީ ދޫކޮށްލާފައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355