twitterviber whatsapp telegramfacebookyoutube instagram
7th July 2025

އަލަށް އިމާރާތްކުރާ ކްލާސްރޫމްތައް ނުނިމިއްޖެނަމަ އަންނަ އަހަރު ކިޔަވައިދޭން ދަތިވާނެ: އަފީފުއްދީން ސްކޫލް

Dec 8, 2012

އަފީފުއްދީން ސްކޫލްގައި އަލަށް އިމާރާތް ކުރާ ކްލާސްރޫމްތަކާއި ނުލާ އަންނަ އަހަރު ކިޔަވައިދިނުން ވަރަށް ދަތިވާނެ ކަމަށް އެ ސްކޫލުން ބުނެފި އެވެ.

އަފީފުއްދީން ސްކޫލުގެ ޕްރިންސިޕަލް އާދަމް މޫސާ ވިދާޅުވީ އަންނަ އަހަރަށް އާ ކްލާސްރޫމްތައް ނުނިމިއްޖެނަމަ އެއް ދަންފަޅިއަށްވެސް ނުވަތަ ދެ ދަންފަޅިއަށްވެސް ކިޔަވައެއް ނުދެވޭނެ ކަމަށެވެ.

ކުޅުދުއްފުށީ އޮންލައިނުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޕްރިންސިޕަލް ވިދާޅުވީ ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ދިމާވެފައިވާ ކަމަށާއި އަންނަ އަހަރު ކިޔަވައިދެވެން އަންނަނީ އާ ކްލާސްރޫމް ބަރިއާއި ކައުންސިލުން އިމާރާތް ކޮށްދޭ 2 ކްލާހާއި އެކު ކަމަށެވެ.

ޕްރިންސިޕަލް ވިދާޅުވީ ސްކޫލް އަދިވެސް އޮތީ އަންނަ އަހަރުން ފެށިގެން އެއްދަަންފަޅިއަކަށް ބަދަލުކުރުމުގެ އުއްމީދުގައި ކަމަށެވެ.

އަފީފުއްދީންގައި އަލަށް އިމާރާތްކުރާ ކްލާސްރޫމްތައް ނިމި މިމަހުގެ ފަހުކޮޅު ނޫނީ އަންނަ ޖެނުއަރީ މަހު ގެ ފުރަތަމަ ހަފްތާ ހަވާލު ކުރެވޭ ވަރު ވާނޭ ކަމަށް ޕްރިންސިޕަލް ވިދާޅުވިއެވެ. އަދި މިހާރު ކުރިއަށް ދަނީ ފިނިޝިންގ ގެ މަސައްކަތް ކަމަށް ސްކޫލުން ބުންޏެވެ.

“ފިނިޝިންގެ މަސައްކަތްތައް މިހާރު ހުރީ. ވަޔަރުވެސް ކޮށްނިމިފަ. ސްވިޗް ބޯޑް ތައް ބެހެއްޓުމާއި ދޮރުތަކާއި ފަންކާތައް ހަރުކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ދަނީ. އަލުގަނޑުމެން އުއްމީދު މިކުރަނީ ފަރުނީޗަރުތައް  ހަަމަވެ އަންނަ އަހަރު އެއް ދަންފަޅިއަށް ބަދަލު ކުރެވޭނެ ކަމަށް.” އާދަމް މޫސާ ވިދާޅުވި އެވެ.

476 ދަރިވަރުން ތައުލީމް ހާސިލް ކުރަމުންދާ އަފީފުއްދީން ސްކޫލްގެ ސްޓާފްރޫމްގެ ޖާގަ ބޮޑުކުރަން ޖެހިފައިވާ ކަމަށާއި އަދި ސައިންސް ރޫމަށް ވެސް ބަދަލުތަކެއް ގެންނަން ޖެހިފައިވާ ކަމަށް ޕްރިންސިޕަލް ވިދާޅުވި އެވެ. އެހެންނަމަވެސް އަހަރުގެ ކުރީކޮޅު އެމަސައްކަތް ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރ މަހު ބިންގާ އެޅުނު މި ޕްރޮޖެކްޓްގެ މަސައްކަތް މިއަހަރުގެ ސެޕްޓެމްބަރުގައި ނިންމާލެވޭނެ ކަމަށް އެމަސައްކަތް ހަވާލުކޮށްފައިވާ ޓޫއެލް ކޮންސްޓްރަކްޝަނުން ކުރިން ވަނީ ބުނެފައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355