twitterviber whatsapp telegramfacebookyoutube instagram
7th July 2025

ގެލެކްސީ އެސް 4 އާއެކު ސެމްސަންގ އިން ތަޅައިގެން ނުދާ ސްކްރީނެއް ގެންނަނީ

Dec 8, 2012

ގޫގުލްގެ އެންޑްރޮއިޑް އޮޕަރޭޓިންގ ސިސްޓަމްއާއެކު މީހުންގެ ތެރޭގައި މިހާރު މަގްބޫލުކަން ހޯދާފައިވާ ސެމްސަންގ ގެ ގެލެކްސީ ސީރީޒްގެ ފޭނުންނަށް އުފާވެރި ހަބަރެކެވެ. މިއަންނަ އަހަރުގެ ކުރީކޮޅު ސެމްސަންގ އިން ގެލެކްސީ އެސް 4 ބާޒާރަށް ނެރެން ތައްޔާރުވަމުން ދާއިރު، އެފޯނާއެކު ހަލާކުނުވާ ސްކްރީނެއް ތައްޔާރު ވަމުންދާކަމަށް އެކުންފުނިން ބުނެފިއެވެ.

2013 ގެ ބަހާރު މޫސުމުގައި ބާޒާރަށް ނެރުމަށް ތައްޔާރުވާ ސެމްސަންގ އެސް 4 އަށް ތައްޔާރު ކުރާ ސްކްރީނަކީ ވެއްޓުމުން ތަޅައިގެން ނުދާ އަދި ކޫރުން ނޭޅޭ ސްކްރީނެއް ކަމަށް ސެމްސަންގ އިން ބުނެއެވެ. ސެމްސަންގ އިން އެފަދަ ސްކްރީނަކާއެކު އެސް 4 ނެރެފި ނަމަ، އެވާނީ އެޕަލް އަށް ތަހައްމަލު ނުކުރެވޭ ވަރުގެ ބޮޑު ގެއްލުމަކަށެވެ. އެޕަލްގެ އައިފޯނު ގެންގުޅޭ މީހުންގެ އަތުން ފޯނު ވެއްޓި ވަރަށް ފަސޭހައިން ސްކްރީން ތެޅޭ މައްސަލައަކީ ގިނަ ބަޔަކު ފާހަގަ ކުރާ ކަމެކެވެ. އެޕަލް އަކީ އަދިވެސް ސްމާޓްފޯނު ބާޒާރުގެ ލީޑަރެވެ.

އިންޑަސްޓްރީގައި ދެކެވޭ ވާހަކަތަކަށް ބަލާއިރު އެސް 4 ނެރޭއިރު 13 މެގަޕިކްސެލް ކެމެރާއެއް ހަރުކުރާނެއެވެ. އަދި އެސް 3 އަށް ވުރެ ސްކްރީނާއި ޕްރޮސެސަރ ވެސް މަތި ކުރާނެއެވެ. އެސް 4 ގެ ސްކްރީން ހަލާކުނުވާނެ ކަމުގެ ހަބަރު ލިބުމާއެކު ސެމްސަންގ ފޯނު ގެންގުޅޭ ހަލަނި ކުދިން މިހާރު ތިބީ އެސް 4 ނުކުންނާނެ އިރަކަށް ބަލަބަލައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355