twitterviber whatsapp telegramfacebookyoutube instagram
9th April 2026

ސްކޫލުގެ މަސައްކަތު މީހުންތަކަކާއެކު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި މައްސަލައިގައި ބާރީއާ ދެކޮޅަށް ހެކިބަސް ދީފި

Dec 11, 2012

ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލުގެ މަސައްކަތު މީހުންގެ ވަޒީފާގައި އުޅުނު 8 އަންހެނަކާއެކު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި މައްސަލައިގެ ޝަރީއަތުގައި އެސްކޫލުގެ ސަރުދާރުގެ މަގާމުގައިހުރި އަބްދުލް ބާރީއާ ދެކޮޅަށް ހެކިބަސް ދީފި އެވެ.

އިއްޔެ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގައި އޮތް އެމައްސަލައިގެ ދެވަނަ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ހުރިހާ ހެކިންވެސް ހެކިބަސް ދީފައިވަނީ ބާރީއާ ދެކޮޅަށެވެ. މިނޫހަށް އެނގިފައިވާ ގޮތުގައި ދައުލަތުން ހުށަހެޅި 3 މީހަކު ހެކިންގެ ގޮތުގައި ހުށަހަޅާފައި ވެއެވެ.

ޖަލާލުއްދީން ސްކޫލުގެ ސަރުދާރުކަމުގެ މަގާމުގައި ހުރި ކުޅުދުއްފުށީ މޭބިސްކަދުރުގެ އަބްދުލްބާރީ އަބްދުއްރަހުމާނު އެ ސްކޫލުގެ މަސައްކަތު މީހުންތަކަކާއެކު އެކި ފަހަރުމަތިން ބަދުއަހުލާގީ އަމަލު ހިންގާފައިވާ ކަމަށްވެއެވެ. އެމައްސަލަ ފުލުހުން ތަހުގީގު ކޮށް ދައުވާކުރަން ފޮނުވާފައިވަނީ މިއަހަރުގެ ކުރީ ކޮޅުއެވެ.

ދައުލަތުގެ ފަރާތުން ބާރީގެ މައްޗަށް ކޮށްފައިވަނީ ގަދަކަމުން ބަދުއަހުލާގީ ހިންގި ކަމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާ ސާބިތުވެއްޖެނަމަ އަދަބަކީ 2  އަހަރާ 5 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ އަރުވާލުމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355