twitterviber whatsapp telegramfacebookyoutube instagram
7th July 2025

ކުޅުދުއްފުށީ ޕޯޓް ލިމިޓެޑް އުވާލަނީ

Dec 12, 2012

ކުޅުދުއްފުށީ ސަރަހައްދީ ބަނދަރު ހިންގަމުން އަންނަ ކުޅުދުއްފުށީ ޕޯޓް ލިމިޓެޑް (ކޭޕީއެލް) ވަރަށް އަވަހަށް އުވާލަން ނިންމާފައިވާ ކަމަށް ޕަބްލިކް އެންޓަރޕްރައިސަސް މޮނިޓަރިން އެންޑު އިވަލުއޭޝަން ބޯރޑް (ޕެމެބް) އިން ބުނެފި އެވެ.

ކުޅުދުއްފުށި އޮންލައިނުން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ޕެމެބްގެ ޗީފް އެގްޒެކްޓިވް އޮފިސަރ ފާތިމަތު މުއާޒާ ވިދާޅުވީ އެ ބޯރޑުގެ ޖަލްސާއަކަށް ކޭޕީ.އެލް އުވާލުމުގެ މައްސަލަ އެޖެންޑާ ކޮށްފައިވާ ކަމަށާއި އެބައްދަލުވުމުން ގޮތެއް ނިންމާ ވީ އެންމެ އަވަހަކަށް ކޭޕީއެލް އުވާލާނެ ކަމަށެވެ.

“މިހާރު އަޅުގަނޑުމެން ވާނީ ބޯޑުގެ ޖަލްސާއަކަށް މިކަން އެޖެންޑާ ކޮށްފަ. ނިމުނުހާ އަވަހަށް ކޭޕީއެލް އުވާލާނަން.” މުއާޒާ ވިދާޅުވި އެވެ.

މުއާޒާ ވިދާޅުވީ ސަރަހައްދީ ބަނދަރު ތަކަކީ ސެލްފް ސަސްޓެއިނިން ތަންތަން ކަމަށް ވާންޖެހޭނެ ކަމަށާއި ދެން އެބަނދަރު ހިންގަން ހަވާލު ކުރާނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުން އަންނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓުގައި، ކޭޕީއެލް ހިމަނާފައިވާނީ އުވާލަން ނިންމާފައިވާ ކުންފުންޏެއްގެ ގޮތުގައި އެވެ.

ދާދި ފަހުން އެމްޕީއެލް އިން ބުނެފައިވަނީ ކުޅުދުއްފުށީ ބަނދަރާއި އައްޑޫ ބަނދަރު އެކުންފުންޏަށް ނެގުމަށް ވިސްނަމުންދާ ކަމަށެވެ.

ކޭޕީއެލް އަކީ ކުޅުދުއްފުށީ ސަރަހައްދީ ބަނދަރު ހިންގަން ކުރީ ސަރުކާރުން އުފެއްދި ކުންފުންޏެކެވެ. އެކުންފުނީގެ 51 އިންސައްތަ ހިއްސާ އެމްޕީއެލްއަށް ވަނީ ވިއްކާލާފައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355