twitterviber whatsapp telegramfacebookyoutube instagram
12th February 2026

އިންގިލާބަކުން ސަރުކާރު ވައްޓާލަން އެމްޑީޕީގެ ގައުމީ މަޖިލީހުން ނިންމައިފި

Dec 11, 2012

ރައީސް ޑރ. ވަހީދުގެ ސަރުކާރު އިންގިލާބަކުން ބަދަލުކުރަން އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފި އެވެ.

ހދ ކުޅުދުއްފުށީގައި މިއަދު ބޭއްވި އެޕާޓީގެ ގައުމީ މަޖިލީހަށް، އިންގިލާބުކޮށްގެން ސަރުކާރު ބަދަލުކުރުމަށް ހުށަހެޅީ މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދުދީދީ އެވެ. އެހުށަހެޅުމަށް އައްޑޫ މެމްބަރ އަސްލަމް ތާއީދުކުރެއްވުމާ ގުޅިގެން ނެގި ވޯޓުގައި ޖަލްސާ އަށް ހާޒިރުވި 30 މެމްބަރުންވެސް ވެރިކަން އިންގިލާބަކުން ބަދަލުކުރުމަށް ވޯޓު ދީފައިވެއެވެ.

އެމްޑީޕީއިން މިހާރު ކުރިއަށް ގެންދާ ވައުދުގެ ދަތުރުގެ ތެރެއިން ކުޅުދުއްފުށީގައި މިއަދު ބޭއްވި އެ ޕާޓީގެ ގައުމީ ޖަލްސާ ބާއްވާފައިވަނީ ގައުމީ އިދާރާ ކުރިން ހުރި އިމާރާތުގައި އެވެ.

މިއަދު ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަދެއްކެވި ހުރިހާ މެމްބަރުންވެސް ވަނީ ވެރިކަން އިންގިލާބަކުން ވައްޓާލުމަށް ތާއީދު ކުރައްވާފައި އެވެ. އެގޮތުން ކުރީގެ ރައީސް ނަޝީދުވެސް ވިދާޅުވީ މާރިޔާގެ ހުށަހެޅުއްވުމަށް ތާއީދުކުރައްވާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355