twitterviber whatsapp telegramfacebookyoutube instagram
9th April 2026

ހދ އަތޮޅު ކައުންސިލުގެ ނައިބު ރައީސް ޑީއާރުޕީ ދޫކުރައްވާ އެމްޑީޕީއާ ގުޅިވަޑައިގެންފި

Dec 12, 2012

ހދ އަތޮޅު ކައުންސިލުގެ ނައިބު ރައީސް ޒަކަރިއްޔާ ހަސަން ޑީއާރުޕީ ދޫކުރައްވާ އެމްޑީޕީއާ ގުޅިވަޑައިގެންފި އެވެ.

ހދ އަތޮޅު ކައުންސިލުގައި ނޮޅިވަރަމް ދާއިރާ ތަމްސީލު ކުރައްވާ މެމްބަރު އެމްޑީޕީއަށް ސޮއިކުރައްވާފައިވަނީ ރޭ އެމްޑީޕީން ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި އެވެ.

ޒަކަރިއްޔާ ކުޅުދުއްފުށި އޮންލައިން އަށް ވިދާޅުވީ އެމްޑީޕީއަށް ސޮއިކުރެއްވީ އަތޮޅާއި ދާއިރާއަށް އަދި ރަށުގެ ތަރައްޤީއަށް ބޭނުންވާތީ، އެކަން ކޮށްދެވޭނެ ޕާޓީއަކީ އެމްޑީޕީކަމަށް ގަބޫލުކުރައްވާތީ ކަމަށެވެ. އެމްޑީޕީއަކީ، އުތުރުގެ ތަރައްޤީއަށް ވަރަށް ބޮޑަށް މަސައްކަތްކުރައްވާ ޕާޓީއެއްކަމަށާއި އެގޮތުން ވަރަށް ގިނަ ޕުރޮޖެކްޓްތަކެއް އެމްޑީޕީގެ ސަރުކާރުގައި އުތުރުގެ ސަރަހައްދުގައި ފަށާފައިވާ ކަމަށެވެ.

“ވެރިކަން ގޯސް ވެގެން ވެރިކަން ބަދަލުކުރީމަ އަޅުގަނޑު ހީކޮށްގެން ހުރީ ކަންކަން ރަނގަޅުވާނެ ކަމަށް. އެކަމަކު އަންނަ އަހަރުގެ ބަޖެޓުވެސް (އަތޮޅު ކައުންސިލަށް) ދީފައިވަނީ މޮހޮނަށް އޮޑިދޭ އުސޫލުން” ޒަކަރިއްޔާ ވިދާޅުވި އެވެ. “އެމްޑީޕީ ފިޔަވައި ދެން ހުރި ޕާޓީތަކަށް (ބަދަލުވާން) ބަލާއިރު އެޕާޓީތަކުގެ ފިކުރެއް ސާފެއްނުވޭ”

ޒަކަރިއްޔާ އަކީ ހދ އަތޮޅު ކައުންސިލުގެ ގިނަ މަސައްކަތްތަކެއްގައި ވަރަށް ހަރަކާތްތެރިކޮށް އުޅުއްވާ ކައުންސިލަރެކެވެ. ކައުންސިލަރުން ޕާޓީ ބަދަލުކުރުމުން ގޮޑި ނުގެއްލޭނެކަމަށް ސްޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެން ޑީއާރުޕީއަށް ނިސްބަތްވާ ގިނަ ކައުންސިލަރުންތަކެއް އަންނަނީ އެކި ޕާޓީތަކަށް ބަދަލުވަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355