twitterviber whatsapp telegramfacebookyoutube instagram
13th May 2025

ފަހުން ފައިސާ ދައްކާ ގޮތަށް ރިޗާޖުކޮށްދޭ ހިދުމަތެއް ވަތަނިއްޔާ އިން ތައާރަފްކޮށްފި

Dec 12, 2012

ފަހުން ފައިސާ ދައްކާ ގޮތަށް ރިޗާޖުކޮށްދޭ ހިދުމަތެއް ވަތަނިއްޔާ އިން ތައާރަފްކޮށްފިއެވެ.

“އެމަޖެންސީ ކްރެޑިޓް ރިޗާރޖް” ގެ ނަމުގައި ވަތަނިއްޔާ އިން ތައާރަފް ކުރި ޚިދުމަތަކީ  ވަތަނިއްޔާގެ ޕްރިޕެއިޑް ކަސްޓަމަރުން ފަހުން ދައްކާ ގޮތަށް 100ރ. އާ ހަމައަށް ކުރެޑިޓް ލިބިގެންދާ ޚިދުމަތެކެވެ.

މިއަދު މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން ވަތަނިއްޔާގެ ސީނިއާ އެގްޒެކެޓިވް ޑިޖިޓަލް މީޑިއާ އަހްމަދު ޒަރީރު ވިދާޅުވީ މި ޚިދުމަތުން ކްރެޑިޓަށް ނަގާ ފައިސާ 72 ގަޑިއިރުގެ ތެރޭގައި ދައްކަވަން ޖެހޭނެ ކަމަށާއި އެގޮތުން އެފަރާތަކުން ރީޗާޖް ކުރެއްވުމުން އެއިން ފައިސާ ކަނޑާނެ ކަމަށެވެ. އަދި ފޯނު ބޭނުން ކުރަމުން ދަނިކޮށް  ކްރެޑިޓް ހުސްވެއްޖެ ނަމަ މި ޚިދުމަތުގެ ސަބަބުން އެމަޖެންސީ ކޮށް  ކްރެޑިޓް ލިބިގެން ދާނެ ކަމަށް ވެސް ޒަރީރު ވިދާޅުވިއެވެ.

# 140 * އަށް ގުޅުމުން މިހިދުމަތް ލިބިގެންދާނެކަމަށް ވަތަނިއްޔާއިން ހާމަ ކުރައްވައެވެ.

އެމަޖެންސީ ކްރެޑިޓް ގެ ޚިދުމަތަކީ، ވަަތަނިއްޔާގެ ޑަބްލިޔު ޕްރިޕެއިޑް އަދި ޑަބްލިޔުމިކްސް ކަސްޓަމަރުންގެ ތެރެއިން ވަތަނިއްޔާގެ ޚިދުމަތް ބޭނުންކުރައްވާތާ 6 މަސްދުވަސް ވެފައިވާ ކަސްޓަމަރުންނަށް ހާއްސަކޮށްފައިވާ ޚިދުމަތެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355