twitterviber whatsapp telegramfacebookyoutube instagram
13th May 2025

އިންފޯ ކޮމް ކޮމްޕިއުޓަރސްއިން ކުޅުދުއްފުށީގައި އައިޓީ ދާއިރާގެ ކޯސްތަކެއް ހިންގަނީ

Dec 13, 2012

އިންފޯ ކޮމް ކޮމްޕިއުޓަރސްގެ ފަރާތުން އައިޓީ ދާއިރާގެ ކޯސްތަކެއް ކުޅުދުއްފުށީގައި ހިންގަން ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އިންފޯ ކޮމް ކޮމްޕިއުޓަރސްގެ މެނޭޖިންގ ޑިރެކްޓަރ ހަމްދޫން މުހައްމަދު ދީދީ މި ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މި ފަހަރު ކުޅުދުއްފުށީގައި ހިންގުމަށް ހަމަޖެހިފައިވަނީ 5 ކޯހެއް ކަމަށާއި އެސެންޓަރުގެ އެހެން ކޯސްތައް ވެސް އަދި މި ރަށުގައި ކުރިއަށް ގެންދާނެކަމަށެވެ.

މިގޮތުން މިފަހަރު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ސެޓްފިކެޓް ލެވެލް 1،2 އަދި 3 ގެ އައިޓީ 3 ކޯހަކާއި ވެބް އިންޖިނިއަރިންގ ކޯހެއްގެ އިތުރުން އެޑްވާންސް ސެޓްފިކެޓް ލެވެލް ގެ ކޯހެކެވެ.

ވެބް ޑިޒައިނިންގ ކޯސް ފިޔަވާ އެހެނިހެން ކޯސްތަކުގެ އަގަކީ މަހަކު 1250 ރުފިޔާ އެވެ. ވެބް ޑިޒައިން ކޯހުގެ ފީއަކީ މަަހަކު 1500 ރުފިޔާ އެވެ.

އިންފޯކޮމް ކޮމްޕިއުޓާރސް އިން ބުނިގޮތުގައި، ސެޓްފިކެޓް ލެވެލް 1 ގެ ކޯސް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 2 މަސްދުވަހުގެ މުއްދަތަކަށެވެ. އަދި ލެވެލް 2 ގެ ކޯސްތައް 4 މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާއިރު ލެވެލް 3 ގެ ކޯހާއި ވެބް ޑިޒައިނިން ކޯސް ކުރިއަށް ގެންދަނީ 6 މަސްދުވަހުގެ މުއްދަތަށެވެ.

ކުޅުދުއްފުށީގައި ފަށާ ކޯސްތަކުގެ ތެރެއިން އެޑްވާންސް ލެވެލް ކޯހުގެ މުއްދަތަކީ 1 އަހަރު ދުވަހެވެ. މި ކޯހަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް ކޯސް ފީ ހިލޭ ކޮށްދޭނެކަމަށް އިންފޯކޮމް އިން ބުންޏެވެ.

ހަމްދޫން ވިދާޅުވީ ހަފްތާ ބަންދުގައި ސްކޫލް ކުދިންނަށް ކުލާސްތަކެއް ހިންގާނެ ކަމަށާއި ކޮންމެ ކުލާހެއްގައި 10 ކުދިންނަށް ޖާގަ ދޭނެ ކަމަށެވެ.

މި ކޯސްތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ކުރީގެ ހެކްސާ ފިހާރަ ހިންގި އިމާރާތުގައެވެ. މިކޯސްތަކުގައި ބައިވެރިވުމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު މިމަހުގެ 18 ގެ ނިޔަލަށް ހަމަވާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355