twitterviber whatsapp telegramfacebookyoutube instagram
12th February 2026

ޓިނު ކެފުމުގެ ޚިދުމަތްދޭ ތަނެއް ކުޅުދުއްފުށީގައި ހުޅުވައިފި

Dec 16, 2012

ކުޅުދުއްފުށީގައި ޓިނު ކެފުމުގެ ޚިދުމަތްދޭ ތަނެއް ހުޅުވައިފި އެވެ.

“އައިޑިއަލް ރޫފިންގ” ގެ ނަމުގައި ޚިދުމަތް ދެމުން އަންނަ މި ތަނަކީ ބޭނުން މިނަކަށް ޓިނު ކަފައިދޭ ތަނެކެވެ.

އައިޑަލް ރޫފިންގގެ އިސް ފަރާތެއް ކަމަށްވާ އަހުމަދު އަލީ، ބުނިގޮތުގައި ޓިނު ފޫޓެއް ކަފައިދޭ އަގަކީ 37 ރުފިޔާ އެވެ.

“އަދި 4 މީހުން (މުވައްޒަފުން) މި ގެންގުޅެނީ. ހަމަ ދުވާލު ކޮންމެ ގަޑިއެއްގަވެސް މިތަނަށް އާދެވޭނެ. ފޫޓެއް 37 ގެ މަތިން މި ކަފައިދެނީ” އަހުމަދު އަލީ ވިދާޅުވި އެވެ.

ކުޅުދުއްފުށީގައި ޓިނު ކަފައިދޭ ތަނެއްގެ ހިދުމަތް ދޭން ފެށިއިރު، ޓިނު އުފައްދާ ފެކްޓްރީއެއްވެސް ކުޅުދުއްފުށީގައި ހުރެއެވެ.

އައިޑިއަލް ޓްރޭޑް ހުންނަނީ އަތިރި އަވަށުގައި ނޫމަޑި ކުންފުނީގެ ފްލެޓްތައް އަޅާފައިވާ ސަރަހައްދުގައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355