twitterviber whatsapp telegramfacebookyoutube instagram
13th May 2025

ވަށަފަރު ކައުންސިލްގެ ބައި އިލެކްޝަން ޕީޕީއެމްގެ ކެނޑިޑޭޓް ކާމިޔާބުކޮށްފި

Dec 16, 2012

މިއަދު ކުރިއަށްދިޔަ ހއ ވަށަފަރު ކައުންސިލްގެ ބައި އިލެކްޝަން ޕީޕީއެމްގެ ފަރާތުން ވާދަކުރެއްވި ކެނޑިޑޭޓް މުހައްމަދު ވަހީދު ހަސަން ކާމިޔާބު ކުރައްވައިފި އެވެ.

ޕީޕީއެމްގެ މުހައްމަދު ވަހީދު އިންތިހާބު ކާމިޔާބުކޮށްފައިވަނީ 251 ވޯޓުންނެވެ. މުހައްމަދު ވަހީދުއާ އެންމެ ގާތުން ވާދަކޮށްފައިވަނީ އެމްޑީޕީގެ ކެނޑިޑޭޓް އަހުމަދު މުޖުތަބާ އެވެ. އޭނައަށް 123 ވޯޓު ލިބުނުއިރު ޖުމުހޫރީ ޕާޓީގެ ކެނޑިޑޭޓަށް ލިބިފައިވަނީ 53 ވޯޓެވެ.

ވަށަފަރު ކައުންސިލުގެ ބައި އިލެކްޝަންގެ ވަގުތީ ނަތީޖާ ދައްކާގޮތުން  ޖުމްލަ 427 ވޯޓު ސައްހަ ވޯޓުގެ ގޮތުގައި ގުނާފައި ވެއެވެ.

ހއ ވަށަފަރު ކައުންސިލުގެ އިންތިހާބުގެ އިތުރުން ރ. އިންނަމާދޫ ކައުންސިލުގެ ބައި އިލެކްޝަންވެސް މިއަދު ވަނީ ބާއްވާފައި އެވެ. އެ އިންތިހާބުވެސް ކާމިޔާބުކޮށްފައިވަނީ  ޕީޕީއެމްގެ ކެނޑިޑޭޓް އިބްރާހީމް ނުހާން އެވެ. އިބްރާހީމް ނުހާނަށް 228 ވޯޓު ލިބުނުއިރު ދެން ވާދަކުރި އެމްޑީޕީގެ ކެނޑިޑޭޓް ހުސައިން ޝާފިއުއަށް ލިބިފައިވަނީ 177 ވޯޓެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355