twitterviber whatsapp telegramfacebookyoutube instagram
11th August 2026

ހދ. މަކުނުދޫ 16 އަހަރުގެ ކުއްޖަކު ގެއްލިގެން ފުލުހުން ހޯދަނީ

Dec 17, 2012

ހދ. މަކުނުދޫ 16 އަހަރުގެ ފިރިހެން ކުއްޖަކު ގެއްލިގެން ފުލުހުން ހޯދަން ފަށައިފިއެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި ގެއްލިގެން ހޯދަމުން އަންނަ ކުއްޖަކީ ހދ.މަކުނުދޫ، ޝަބްނަމީގެ އިބްރާހީމް ނަބީލް އެވެ.

ފުލުހުން ބުނިގޮތުގައި އިބްރާހީމް ނަބީލް ގެއްލިގެން އެކުއްޖާގެ އާއިލާއިން ފުލުހުންނަށް ރިޕޯރޓްކޮށްފައިވަނީ މީގެ 10 ވަރަކަށް ދުވަސް ކުރިން ގދ. ތިނަދޫއަށް ދިޔަފަހުން އެކުއްޖާގެ އެއްވެސް ޚަބަރެއް ނުވެގެންނެވެ.

އިބްރާހީމް ނަބީލް އާބެހޭއެއްވެސް މައުލޫމާތެއް އެނގޭނަމަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހިލޭ ގުޅޭ ނަންބަރު 119 ނުވަތަ 3322111 ނުވަތަ 3322112 އަށް ނުވަތަ ރަށެއްގައި ނަމަ އެރަށެއްގެ ޕޮލިސް ސްޓޭޝަނަކަށް މަޢުލޫމާތު ފޯރުކޮށްދިނުމަކީ ފުލުހުންގެ ވަރަށް ބޮޑު އެދުމެއްކަމަށް އެފަރާތުން ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355