twitterviber whatsapp telegramfacebookyoutube instagram
7th July 2025

ގެއްލިގެން ފުލުހުން ހޯދަމުން ދިޔަ މަކުނުދޫ 16 އަހަރުގެ ކުއްޖާ ފެނިއްޖެ

Dec 17, 2012

ގެއްލިގެން ފުލުހުން ހޯދަމުން ދިޔަ މަކުނުދޫ 16 އަހަރުގެ ކުއްޖާ ފެނިއްޖެއެވެ.

ގދ. ތިނަދޫއަށް ދިޔަފަހުން އެއްވެސް ޚަބަރެއް ނުވެގެން މި ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު އެކުއްޖާގެ އާއިލާއިން ފުލުހުންނަށް ރިޕޯޓް ކުރުމާއި ގުޅިގެން މިކުއްޖާ ހޯދަމުން ދަނިކޮށް ފެނިފައިވަނީ މިއަދު މެންދުރު 12:50 ހާއިރު ކަމަށް ފުލުހުން ހާ މަކުރައްވައެވެ.

ގެއްލިގެން ހޯދަމުން ދިޔަ ހދ.މަކުނުދޫ، ޝަބްނަމީގެ އިބްރާހީމް ނަބީލް ފެނިފައިވަނީ ތިނަދޫގައި މަސައްކަތްކުރާ ފުލުހުންނަށެވެ.

މިކަމާއި ގުޅިގެން މަކުނުދޫ ކައުންސިލްގެ ރައީސް ވިދާޅުވީ މަކުނުދޫ ރައްވެއްސެއް ގެއްލިއްޖެނަމަ އެ އިދާރާއަށް އެނގެން ޖެހޭނެ ކަމަށާއި، އެހެން ނަމަވެސް އެއްވެސް ރަސްމީ ފަރާތަކުން އަންގާފައި ނުވާ ކަމަށާއި މައުލޫމާތު ތައް އެފަރާތަށް ލިބެމުން ދަނީ މީޑިޔާ ގެ ފަރާތުން ކަމަށެވެ.

“ތެދަށް ބުނަންޏާ އަޅުގަނޑުމެންނަށް ނޭނގޭ މިކަމެއް. މީޑިޔާ ތުރޫ ކޮށް މި އެނގެނީ. މިރަށުގެ ރައްޔިތެއް ގެއްލިގެން އުޅެންޏާ އެނގެންވާނެ.” ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

އާއިލާއާ ޖެހުނު މައްސަލައެއްގައި ގެއިން ނުކުމެގެންދިޔަ ހޯރަފުށީ ކުޑަ އަންހެން ކުއްޖާވެސް މިހާރު ވަނީ ފެނިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355