twitterviber whatsapp telegramfacebookyoutube instagram
30th May 2025

ކުޅުދުއްފުށިން ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިއްޖެ

Dec 19, 2012

ކުޅުދުއްފުށިން ގެއްލިގެން ރޭ މެންދަމުން ފެށިގެން ހޯދަމުންދިޔަ މީހާ މިއަދު ހެނދުނު ފެނިއްޖެ އެވެ.

 ގެއްލިގެން ހޯދަމުންދިޔައީ މިރަށު ހިތިލާގެ ހާމިދު އަހުމަދު، 53، އެވެ. އޭނާ ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިފައިވަނީ މިއަދު ހެނދުނު 6:30 ހާއިރު ރަށުގެ އުތުރުކޮޅު ކުޅި ކައިރިންނެވެ.

ރޭ 7 ޖަހާއިރު ގެއިން ނުކުމެގެން ދިޔަ ހާމިދު ގެއްލިގެން ރޭ ދަންވަރުން ފެށިގެން އޭނާ ހޯދުމުގެ މަސައްކަތް ކޮށްފައި ވެއެވެ.

ކުޅުދުއްފުށީ ކައުންސިލް އިދާރާއިން މައުލޫމާތު ދިންގޮތުގައި ރޭ 12 ޖަހާއިރު އޭނާ ގެއްލިގެން ފުލުހުން ރަށު ކައުންސިލަށް އެންގުމާއެކު ރަށު ކައުންސިލާއި ފުލުހުންނާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ރޭ 12:30 ހާއިރު ފަށާފައި ވެއެވެ.

އޭނާ ވިދާޅުވީ ރޭ މެންދަމު ރަށުގެ 4 ގެއަކަށް ހާމިދު ދިޔަކަން އެނގިފައިވާ ކަމަށެވެ. އަދި ފަތިހު ޖަލާލުއްދީން ސްކޫލަށާއި ކަންފަތި ކެފޭ (ރާބެ ކަޑަ) އަށް ދިޔަކަން އެނގިފައިވާ ކަމަށް ކައުންސިލް އިދާރާއިން މައުލޫމާތު ދެއެވެ.

މިއަދު ހެނދުނު ހާމިދު ފެނުނުއިރު ފިނި ވުމުގެ ސަބަބުން އޭނަގެ ހާލު ގޯސްވެފައިވާތީ ކުޅުދުއްފުށީ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދީފައި ވެއެވެ.

މީގެ ކުރިން ވެސް ހާމިދު ގެއްލިގެން ހޯދާފައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355